ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މުވައްޒަފަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ގައްދުއަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ އިސްމާއިލް އަބްދުﷲ އެވެ.
ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައެވެ.
މުއްދަތު މަޖިލީހުގައި ފުލުހުން ބުނީ، އޭނާ ވައްޓާލި އެއްޗެއް ނަގައި ބެލިއިރު، މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށެވެ.
އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރިއިރު ޓީއެޗުސީއަށް ޕޮޒިޓިވްވެފައިވެއެވެ.
އޭނާ އަކީ އެންޑީގެ މުވައްޒަފެއް ކަމަށް ކޯޓުގައި އޭނާ ބުންޏެވެ. އަދި އޭނާ އަކީ ދަރިންތަކެއްގެ ބައްޕަ ކަމަށް ވެސް އޭނާ ބުންޏެވެ.
އެންޑީއޭގައި ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ހިންގާ ކަމުގެ ތުހުމަތުގައި އެންޑީއޭގެ ޕިއާ މެންޓާގެ ވަޒީފާގައި ހުރި މީހަކު ދާދިފަހުން ވަނީ ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު