ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަތޮޅު ކައުންސިލްތައް އުވާލަން ކޮމިޓީން ފާސްކޮށްފި

Ii

އަތޮޅު ކައުންސިލްތައް އުވާލަން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

މި ބިލް ދިރާސާކުރި މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބިލް ފާސްކުރީ ކޮމިޓީއަށް ހާޒިރުވަޑައިގެން ތިއްބެވި 62 މެންބަރުންގެ ތެރެއިން 52 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން ވޯޓު ދެއްްވީ ބިލް ފާސް ނުކުރުމަށެވެ.

ބިލުގައި އިސްލާހު ހުށަހަޅާފައިވަނީ ދެން އޮންނަ ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލުތައް އިންތިހާބުކުރަން ނުޖެހޭ ގޮތަށް ހެދުމަށެވެ.

ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަންބަރުގައިވާ ބުނަނީ، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި އަތޮޅު ކައުންސިލް ވެސް ހިމެނޭ ކަމަށެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސްއާއެކު އެ ކައުންސިލުގައި ދެން ހިމެނެނީ އެ އަތޮޅެއްގެ ރަށު ކައުންސިލުތަކުގެ ރައީސުން ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.

ނަމަވެސް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި ވަނީ އެކަން ކަނޑައަޅާފައިވާ ގާނޫނުއަސާސީގެ އެ އަކުރު އުނިކުރުމަށެވެ. އޭގެ ސަބަބުން އަތޮޅު ކައުންސިލުތައް އުވޭނެއެވެ. ނަމަވެސް އިސްލާހުގައި ވަނީ މިހާރު އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލުތައް ދައުރު ހަމަވަންދެން ދެމިތިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ހ ހުސެއިން
އުވާލަންވީ ހުރިހާ ރަށެއްގެ އެސްޖީންއަދިރަށުކޮމެޓީތަށް. ކައުންސިލެއްހޮވާފާ އަދިއެސްޖީއެބަށްޓާކަށްބޭނުމެއްނޫން ބޭކާރު ބައެއްއެއީ

ގުޅުންހުރި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް

ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް “ވަށަނި” އިފްތިތާޙްކޮށްފި