ކުއްލި ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ ކެނަބިސް ފަތް އަތުލައިގެންފި

ހިޔާ ފްލެޓް އަތުލާފައިވާ ފަރާތްތަކަށް އިތުރު ލިޔުމަކާއި ނުލާ ފްލެޓު ދޭނެ: ރައީސް

މާލޭގެ ރައްޔިތުންގެ އަޑުއައްސަވައި އެއްކޮޓަރީގެ ފްލެޓް ދޫކޮށްލުމުން އެހެން ފްލެޓެއް ދޭން ރައީސް ނިންމަވައިފި

ވިލިމާލޭގައި އަޅާ 300 ހައުސިންގ ޔުނިޓު ވިލިމާލޭ ރައްޔިތުންނަށް ޚާއްސަކުރާނަން: ރައީސް

ވިލިމާލޭގައި އަޅާ 300 ހައުސިންގ ޔުނިޓު ހަމައެކަނި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކުރާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވެފައިވާ ވައުދުތަކުގެ މަތިން އެމަނިކުފާނު ހަނދާން ނުނެތްކަމަށާއި، ވިލިމާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެއް އެކުލެވޭ މި މަޝްރޫޢުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ކޮންޓްރެކްޓަރަކާ ހަވާލުކޮށް ފަށައިގެންދާނެކަމަށެވެ. މި މަޝްރޫޢަށް ބޭނުންވާ ފައިސާވަނީ ހަމަޖެހިފައި ކަމަށާއި، ފައިސާގެ އެއްވެސް ދަތިކަމެއް ނެތްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ވިލިމާލެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، މިހާރުގެ ހޮސްޕިޓަލްގެ ޚިދުމަތްތައް ކުޑަކުދިންގެ ހިޔާ ހިންގި ޢިމާރާތަށް ވަގުތީގޮތުން ބަދަލުކުރުމަށް ތައްޔާރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ހޮސްޕިޓަލް އަޅުމަކީ ވިލިމާލެއަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދު ކަމަށާއި، މަސައްކަތް ފެށުމަށް ހުރިހާ ކަމެއް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، މާލޭ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ވިލިމާލޭގެ މަގުތައްވެސް ޗައިނާގެ ހިލޭ އެހީގެ ދަށުން ތަރައްޤީކޮށް، ފެނާއި ނަރުދަމާ ނިޒާމުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވިގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހިޔާ ފްލެޓް އަތުލާފައިވާ ފަރާތްތަކަށް އިތުރު ލިޔުމަކާއި ނުލާ ފްލެޓު ދޭނެ: ރައީސް

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހަތަރު ޕާކިން އިމާރާތް އަޅަނީ

Mm

ޕެންޝަން ފައިސާ އިތުރު ކަންކަމަށް ބޭނުންކުރެވޭ ގޮތް ހަދަނީ

ފޭސް ތިނެއްގެ ފަޅުތެރެއިން ގޯތި ލިބުނު މީހުންނަށް، އެތަން ހިއްކާ ނިމުމުން ގޯތިތައް ޙަވާލުކުރަން ފަށާނެ

TTH_advertisement