ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިލިމާލޭގައި ބޮޑު ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ: ރައީސް

Ii

ވިލިމާލޭގައި އަންނަ އަހަރު ވިލިމާލޭގެ އެންމެ ބޮޑު އެއް މަޝްރޫޢުގެ ގޮތުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ މަޝްރޫޢު ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ވިލިމާލޭގައި 1،200 ސީޓުގެ ޖާގައިގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެ ކަމަށެވެ. އެ އަވަށުގެ ފުޓްބޯޅަ ދަނޑުގެ ފެންވަރު ދުނިޔޭގެ މައި ފުޓްބޯޅަ އެސޯސިއޭޝަން ފީފާއިން ގަބޫލުކުރާ މިންގަނޑަށް ފެއްތުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން އަންނަ އަހަރު ވިލިމާލޭގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވިލިމާލޭގައި އިމާރާތްކުރާ 100 އެނދުގެ ހޮސްޕިޓަލާއި މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ވިލިމާލޭގެ މަގުތައްވެސް ހަދާނެ. މަގު ހަދާއިރު ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމް އަޕްގްރޭޑް ކުރަންޖެހޭ، އެ މަސައްކަތް ކުރިއަށްދާނެ” ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް