ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުޝްމަނުންނަށް ޖާސޫސް ކޮށްދިން 17 މީހަކު ބަޑިޖަހައިގެން މެރުމަށް ޔަމަނުގެ ކޯޓަކުން ހުކުމްކޮށްފި

ދުޝްމަނުންނަށް ޖާސޫސްކޮށްދިން ކަމަށް ތުހުމަތު ކުރެވުނު މީހުން ކޯޓަށް ހާޟިރުކޮށްފައި:
STO_Ads
TTH_Ads
Advertisement

އިސްރާއީލަށާއި، ސައުދީ އަރަބިއްޔާ އަދި އެމެރިކާއަށް ޖާސޫސް ކޮށްދިން ކަމުގެ ކުށް ސާބިތުވެ 17 މީހެއްގެ މައްޗަށް ޔަމަނުގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފިއެވެ.

އެމީހުންގެ މައްޗަށް އިއްވި މަރުގެ ހުކުމް، އާންމު މައިދާނެއްގައި ބަޑިޖަހައިގެން ތަންފީޒް ކުރުމަށްވެސް ކޯޓު އަމުރުގައި ވެއެވެ.

މަރުގެ ހުކުމް އިއްވި 17 މީހުންގެ މައްޗަށް އިސްރާއީލު، ސައުދީ އަރަބިއްޔާ، އެމެރިކާގެ އިތުރުން، އިނގިރޭސިވިލާތަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުވެސް ކޮށްފައި ވެއެވެ.

MMA_Ads
HajjCop_ads
Advertisement

މަރުގެ ހުކުމް އިއްވި މީހުން، ޔަމަނުގައި ވެރިކަންކުރާ ހޫޘީންގެ މިސައިލް ސައިޓްތަކާއި، އަދި ހޫޘީ ވެރިންގެ ހަރަކާތްތަކުގެ މައުލޫމާތު 2024 އަހަރާއި 2025 ވަނަ އަހަރުގެ ތެރޭގައި ދުޝްމަނުންނަށް ފޯރުކޮށްދިންކަން ޝަރީއަތަށް ސާބިތުވެފައި ވެއެވެ.

ދުޝްމަނުން ޔަމަނަށް ވައިގެ ހަމަލާތައް ދީފައިވަނީ މި މީހުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމުގެ ހެކިވެސް ކޯޓަށް ހުށަހަޅާފައި ވެއެވެ.

މިކަން ކުރަމުންދިޔައީ ޔަމަނުގެ ތެރޭގައި ޖާސޫސީ ނެޓްވޯރކްތަކެއް ހަދައިގެން ކަމަށްވެސް، ހޫޘީ ސަރުކާރުން ކޯޓަށް ހުށަހެޅި ހެކިތަކުގައި ބުނެފައި ވެއެވެ.

މި ނެޓްވޯރކްތަކާއި، ބޭރުގެ ޖާސޫސީ އިދާރާތަކާ ގުޅުން އޮންނަ ކަމުގެ ހެކިވެސް ކޯޓަށް ހުށަހަޅާފައި ވެއެވެ.

ޔަމަނުގެ ސްޕެޝަލައިޒްޑް ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި ދިފާއީ ވަކީލުންވަނީ، ތުހުމަތު ކުރެވުނު މީހުން ކުށަށް އިއުރިތާފް ކުރުވާފައިވަނީ ބަންދުގައި ބައިތިއްބައި ތަޅައި އަނިޔާކޮށްގެން ކަމަށް ބުނެފައެވެ.

މަރުގެ ހުކުމް އިއްވި މީހުންނަށް މައްސަލަ އިސްތިއުމާފް ކުރުމުގެ ފުރުސަތު ލިބިދެއެވެ.

ޔަމަނުގައި ވެރިކަންކުރާ ހޫޘީ ސަރުކާރުން މިފަހުންވަނީ، ދުޝްމަނުންނަށް ޖާސޫސްކޮށްދޭ ކަމުގެ ތުހުމަތުގައި، ޔަމަނުގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅޭ އދގެ އެތައް މުވައްޒަފުން ހައްޔަރު ކޮށްފައެވެ.

މަރުގެ ހުކުމް އިއްވި 17 މީހުންގެ ތެރޭގައި އދގެ ސްޓާފުން ހިމެނޭ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިތު ޔަހޫންއަށް ވަދެގަންނަން އުޅުނު އިސްރާއީލު ސިފައިންގެ އެކަކު މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށް، އެއްވެސް އުޅަނދެއް ކަނޑުއޮޅިއާ ގާތްނުވާން އަންގައިފި

ލުބުނާނުގެ ދެކުނުގައި ހަނގުރާމަ ވަރަށް ވަރުގަދަ ވެއްޖެ، އިސްތިއުމާރީ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް