ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔަމަނުގެ ހޫޘީން އިސްރާއީލުގެ ޖައްފާއަށް ވަރުގަދަ ވައިގެ ހަމަލާއެއް ދީފި

އިސްރާއީލުގެ ތެލް އަވީވް: އެންމެން ނިދަން ތިއްބައި މިސައިލް ހަމަލާގެ އިންޒާރާއެކު ޖެހުނީ ބިންގަރާސްތަކަށް ވަދެ ފިލަން
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޔަމަނުގެ ހޫޘީން އިސްރާއީލުގެ ޖައްފާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

ހޫޘީ އަސްކަރިއްޔާ، އަންސާރުﷲ ގެ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވީ، ޖައްފާއަށް ހަމަލާދިނީ “ޕަލެސްތައިން-2” ހައިޕަރސޮނިކް ބެލިސްޓިކް މިސައިލުން ކަމަށެވެ.

މިއީ، އެތައް ވޯރހެޑް އުފުލޭ ކްލަސްޓަރ ބޮމުގެ ހަމަލާ ދިނުމުގެ ގާބިލްކަން ލިލބިފައިވާ މިސައިލެވެ.

HajjCop_ads
Advertisement

ހަމަލާތައް އަމާޒު ކުރެވުނީ، ޖައްފާއި ހުރި “ނާޒުކު” ތަންތަނަށް ކަމަށާއި، ހަމަލާތައް އޭގެ އަމާޒަށް ވާސިލްވެ ކާމިޔާބުވި ކަމަށް، ޔަހްޔާ ސަރީ ވިދާޅުވެފައި ވެއެވެ.

ކްލަސްޓަރ ބޮމަކީ، ވައިގެތެރޭގައި ރޫޅި ބޮޑު ސަރަހައްދަކަށް އެއްފަހަރާ ހަމަލާދެވޭ ބޮމެވެ. އޭގެ ބޮންތައް އުފުލާ ބެލިސްޓިކް މިސައިލް ހޫޘީން ބޭނުން ކުރަން ފެށުމުން އިސްރާއީލުގައި ބޮޑެތި ކަންބޮޑުވުންތައް ކުރިންވެސް އުފެދިގެން ގޮސްފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ހޫޘީން މިއަދު ދިން ހަމަލާގައި ޖައްފާގެ އެތައް ހިސާބެއްގައި ބާރުގަދަ ގޮވުންތައް ގޮވާފައި ވެއެވެ.

ނުރައްކާ އަންނަ ކަމުގެ އިންޒާރާއެކު، ޖައްފާއާއި، ތެލް އަވީވްގެ މިލިއަނަކަށްވުރެ ގިނަ މީހުން ބިންގަރާސްތަކަށް ވަދެ ފިލާފައި ވެއެވެ.

އިސްތިއުމާރީ އަސްކަރިއްޔާއިން އާދައިގެމަތިން ބުނެފައިވަނީ، ހޫޘީން ފޮނުވާލި މިސައިލް އެމީހުން ވައްޓާލި ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް ހޫޘީންވަނީ އިސްރާއީލުގެ ދެކުނުގައި އޮންނަ ރާމޮން އެއަރޕޯޓަށް ބެލިސްޓިކް މިސައިލް ހަމަލާއެއްދީ ބޮޑެތި ގެއްލުންތައް ދީފައެވެ.

ޔަމަނުގައި ވެރިކަން ކުރާ ހޫޘީން ބުނަމުން ގެންދަނީ، އިސްރާއީލުން ޣައްޒާގައި ހިންގާ އުދުވާނު ހުއްޓާލައި، ޣައްޒާއަށް އިންސާނީ އެހީ ހުއްޓުމެއްނެތި އެތެރެކުރަންދެން ހަމަލާތައް ދޭނޭ ކަމަށެވެ.

ހޫޘީން އިސްރާއީލަށް ވައިގެ ހަމަލާތައް ދެމުން ގެންދާއިރު، އިސްރާއީލަށް ކަނޑުމަގު އޮތީ ބަންދުކޮށްފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާ ނަސްލުނައްތާލުމުގައި ޖަރުމަނު ބައިވެރިވާ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭގައި ފަށައިފި

އެއްފަހަރާ އެތައް ދިމާއަކުން އިސްރާއީލަށް ހަމަލާދޭން އީރާނު ތައްޔާރުވަމުންދާ ކަމަށް ތުހުމަތުކޮށްފި

ލުބުނާނުގެ ދެކުނުގެ ހޮސްޕިޓަލަކަށް ބޮންއެޅި މައްސަލަ ލުބުނާނުގެ ރައީސް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި

އެމެރިކާގެ ފެހި ސިގުނަލް ލިބުމާއެކު ޣައްޒާއިން “އެންމެން ބޭރުކުރަން” މިތިބީ ތައްޔާރަށް: އިސްރާއީލު