ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލުން ދިން ހަމަލާގައި ބޮޑުވަޒީރާއި، ކެބިނެޓް ވަޒީރުންތަކެއް އަވަހާރަވެފައިވާކަން ހޫޘީން ކަށަވަރުކޮށްދީފި

ހޫޘީ ސަރުކާރުގެ ބޮޑުވަޒީރު އަހްމަދު ޣާލިބް އައް-ރަހަވީ: އިސްރާއީލުން ބުރާސްފަތި ދުވަހު ދިން ވައިގެ ހަމަލާގައި ވަނީ އަވަހާރަވެފައި
STO_Ads
TTH_Ads
Advertisement

އިސްރާއީލުން ބުރާސްފަތި ދުވަހު ޔަމަނުގެ ވެރިރަށް ސަންޢާއަށް ދިން ވައިގެ ހަމަލާތަކުގައި ހޫޘީ ސަރުކާރުގެ ބޮޑުވަޒީރު އަހްމަދު ޣާލިބް އައް-ރަހަވީއާއި، ކެބިނެޓުގެ ބައެއް ވަޒީރުން އަވަހާރަވެފައިވާކަން ހޫޘީން ކަށަވަރު ކޮށްދީފިއެވެ.

ބޮޑުވަޒީރު އަވަހާރަވީ، އާންމުކޮށް ބާއްވާ ކެބިނެޓް ބައްދަލުވުން ހިނގަމުންދިޔަ ތަނަށް އިސްރާއީލުން ވައިގެ ހަމަލާ ދިނުމުގެ ސަބަބުން ކަމަށް، ހޫޘީ ސަރުކާރުން ބުނެފައި ވެއެވެ. އަދި މި ހަމަލާގައި ކެބިނެޓުގެ ވަޒީރުންތަކެއް އަވަހާރަވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އިސްރާއީލު މީޑިއާއިން ހުކުރު ދުވަހު ބުނެފައިވަނީ، ސިފައިން ދިން ހަމަލާތަކުގައި ބޮޑުވަޒީރާއި، ކެބިނެޓުގެ ހުރިހާ މެމްބަރުން އަވަހާރަކޮށްލެވުނު ކަމަށެވެ. އެއީ 12 ވަޒީރުންނެވެ.

HajjCop_ads
Advertisement

ނަމަވެސް، ހޫޘީންގެ ސަރުކާރުން އަދަދުތަކެއް ނުބުނެއެވެ.

ހޫޘީން ދިން ޑްރޯން ހަމަލާތަކުގެ ރައްދުގައި އިސްރާއީލުން ޔަމަނުގެ ވެރިރަށް ސަންޢާއަށް ދިން ވަރުގަދަ  ހަމަލާތައް އަމާޒުކުރީ، ހޫޘީންގެ ސަރުކާރުގެ އިންޓިރިއަރ މިނިސްޓްރީ އިމާރާތަށާއި، ހޫޘީން ސިފައިންގެ ތަމްރީނު ކޭމްޕަކަށް ކަމަށް މީޑިއާއިން ކުރިން ރިޕޯޓް ކޮށްފައި ވެއެވެ.

ބައެއް ރިޕޯޓްތައް ބުނީ، އިސްރާއީލުން ހަމަލާދިނީ، ހޫޘީންގެ ލީޑަރު އަބްދުލް މާލިކް އަލްހޫޘީއާއި، ޗީފް އޮފް ސްޓާފާއި، އަސްކަރީ ވެރިންގެ ބައްދަލުވުމެއް ހިނގަމުންދިޔަ ތަނަކަށް ކަމަށެވެ.

ހޫޘީންގެ ލީޑަރު އަބްދުލް މާލިކް އަލްހޫޘީއާ ގުޅޭގޮތުން ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ބޮޑުވަޒީރު އަހްމަދު ޣާލިބް އައް-ރަހަވީއާއި، ކެބިނެޓް ވަޒީރުންތަކެއް އަވަހާރަ ކޮށްލި ނަމަވެސް، އެކަން ވެގެންދާނީ މިހާރުވެސް ހޫޘީން ތިބި މަގުގައި ދެމިތިބުމަށް އިތުރު ހިވްތަރެއް ލިބިގެންދާނޭ ކަމެއް ކަމަށް، ޙޫޘީންގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ޣައްޒާ ރައްޔިތުންގެ ހައްގުގައި ހޫޘީން ހިންގަމުންގެންދާ އަސްކަރީ އޮޕަރޭޝަންތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމުގެ ޔަގީންކަން، ޔަމަނުގެ ރައްޔިތުންނާއި، ފަލަސްތީނު ރައްޔިތުންނަށާއި، އަދި ހޫޘީންގެ އޮޕަރޭޝަނަށް ތާއީދުކުރާ ދުނިޔޭގެ އެންމެނަށް ހޫޘީ ސަރުކާރުން ދީފައި ވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ބޯޑް އޮފް ޕީސްވެސް ނަތަންޔާހޫއާ އެއްކޮޅަށް، ޓްރަމްޕްގެ ކިބައިން ހަމާސްއިން އެދެނީ މައްސަލަ ސާފުކޮށްދިނުމަށް

24 ގަޑިއިރުތެރޭ ޣައްޒާއިން 19 މީހުން ޝަހީދުކޮށްލައިފި، އުދުވާނު އަދިވެސް ފުޅާކުރަނީ

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި