ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަތަންޔާހޫގެ އަމުރަށް ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި

މިސައިލް ހަމަލާ އަމާޒުކުރި އިމަރަތް

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނުގެ އަވަށްތަކަށް އިސްތިއުމާރީ އިސްރާއީލުން މިއަދު ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

ހަމަލާތައް ދިނުމަށްފަހު އިސްތިއުމާރީ އަސްކަރިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހަމަލާދިނީ ހިޒްބުﷲގެ ތަންތަނަށް ސީދާ އަމާޒުކޮށް ކަމަށެވެ. އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ލުބުނާނުގެ ގައުމީ ނޫސް އޭޖެންސިން ބުނެފައިވަނީ، އިސްރާއީލުން ވައިގެ ހަމަލާ ދީފައިވަނީ ބެއިރޫތުގެ ދެކުނުގެ ހަރިތު ހްރެއިކްގައި ހުރި އެޕާޓްމަންޓް އިމާރާތަކަށް ކަމަށެވެ.

އެ އިމާރާތަށް ހަމަލާދިނީ ދެ މިސައިލުން ކަމަށް ވެއެވެ.

މި ހަމަލާގައި ބަޔަކު ޒަޚަމްވެފައިވާއިރު، މުޅި ސަރަހައްދަށް ބޮޑެތި ގެއްލުން ލިބި، އެ ހިސާބުގައި ހުރި އެތައް އިމާރާތަކާއި ކާރަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށް ބުނެފައި ވެއެވެ. މި ހަމަލާގައި މީހަކު މަރުވި ކަމެއް އަދި ހާމައެއް ނުކުރެއެވެ.

އިސްރާއީލު ސިފައިންގެ ހަމަލާއާއެކު މުޅި ހިސާބުން ބޯދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކާއި، ފޮޓޯތައް އާންމުވެފައި ވެއެވެ.

ބެއިރޫތަށް ވައިގެ ހަމަލާ ދިނުމަށް އަމުރުކުރީ މުޖުރިމު ނަތަންޔާހޫ މިއަދުއެވެ. ހަމަލާ ދިނުމަށް އޭނާ އަމުރުކުރީ ހިޒްބުﷲގެ ޗީފް އޮފް ސްޓާފަށް ކަމަށް އިސްރާއީލު މީޑިއާއިން ބުނެއެވެ.

ނަމަވެސް، މި ހަމަލާގައި ހިޒްބުﷲގެ ޗީފް އޮފް ސްޓާފަށް ކަމެއް ވީކަމެއް ހިޒްބުﷲއިން އަދި ނުބުނެއެވެ.

ހަމަލާތައް ހުއްޓާލުމަށް ހިޒްބުﷲއާއި އިސްރާއީލާ ދެމެދު މީގެ އަހަރެއް ކުރިން ވެފައިވާ އެއްބަސްވުމާ ޚިލާފްވެ، އިސްރާއީލުން ގެންދަނީ ލުބުނާނުގެ ދެކުނުގެ އެކި ހިސާބުތަކަށް ކޮންމެ ދުވަހަކު ބޮން އަޅަމުންނެވެ.

އަދި ދޭތެރެ ދޭތެރެއިން ގެންދަނީ ވެރިރަށް ބެއިރޫތުގެ ތަންތަނަށްވެސް ހަމަލާތައް ދެމުންނެވެ.

ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އަމަލުކޮށް ހިޒްބުﷲ ލުބުނާނުގެ ދެކުނުން ފަހަތަށް ޖެހިފައިވާއިރު، އެއްބަސްވުމަށް އިސްރާއީލުން އެއްވެސް ވަރަކަށް އަމަލެއް ނުކުރެއެވެ.

ލުބުނާނުގެ ދެކުނަށް އަރައިގަތް އިސްތިއުމާރީ ސިފައިން އެ ހިސާބުތަކުންވެސް ނުފައިބައި، އަސްކަރީ ބޭސްތައް ހަދައިގެން އެބަ އުޅެއެވެ.

އިސްތިއުމަރީ ޓެރަރިސްޓު ދައުލަތުން އެއްވެސް ގޯހެއް ހަދާކަމަށް އެމެރިކާ އަދި އިސްރާއީލަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުގެ ވެރިން  ގަބޫލެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ ރައްދު ހަމަލާތައް ހައްތަހާ ވަރުގަދަކުރަނީ، އިއްޔެއާއި ރޭ އީރާނަށް ބޮޑެތި ކާމިޔާބީތަކެއް

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

އީރާނާއި ހިޒްބުﷲ ގުޅިގެން ތެލް އަވީވް ސުންނާފަތިކުރަނީ، މަގެއްމަތިން މީހަކުވެސް ނުފެނޭ، ރޭގައި ދިނީ ތަފާތު ހަމަލާތަކެއް