ކުއްލި ޚަބަރު

އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލައި ޕާކަކާއި ޕާކިން ޒޯނެއް ތަރައްގީކުރަނީ

ޒާތީ މައުލޫމާތު ހާމަކުރުމުގެ މަގްސަދެއް ނެތް، ޒަކާތު ފަންޑަށް އޮތް އިތުބާރު ގެއްލޭތީ ހަގީގަތް ހާމަކުރީ: ޝަހީމް

ގެމަނަފުށީ މިސްކިތުގެ މަސައްކަތް ނިންމަން އާރްޑީސީން ތައްޔާރުވެއްޖެ

ފުލުހުންނަށް އާންމުން ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުރުސަތު ނުދޭނަން: ފުލުހުން

778

ފުލުހުންގެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުރުސަތެއް ނުދޭނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓޫންތަކެއް ގެއްލުނު މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.

އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި އެއްވެސް ހާލަތެއްގައި ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ފުލުހުންގެ އަހުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާއި ހިލާފު އެފަދަ ކޮންމެ މައްސަލައަކީ ބޮޑު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެކަންކަމަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަހުލާގާއި، ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.

“ވީމާ, މިކަމުގައި ބައިވެރިވެފައިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މި ހިދުމަތުން ކުރާނެ ވާހަކަ ދަންނަވަމެވެ..،” އެ ބަޔާނުގައި ބުނެފައިވެއެވެ.

“ފުލުހުންގެ ހިދުމަތުގެ ހުރިހާ މުވައްޒަފުންނަކީވެސް، ޖަވާބުދާރީވުމާއި، ނަޒާހާތްތެރިކަން ހިފަހައްޓައި ސާބިތުކަމާއެކު ދެމިތިބެ، އިހުލާސްތެރި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ، މި މުއައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަންކުރަމުންގެންދާ މައިގަނޑު އަމާޒެވެ..،”

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

117

މަސްތުވާތަކެއްޗާއެކު ބިލެތްދޫން ދެ މީހަކު ހައްޔަރުކޮށްފި

Mal

36 ރަށެއްގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ޕޮލިސް ސްޓޭޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ

TTH_advertisement