ކުއްލި ޚަބަރު

ވިލިމާލެ ހޮސްޕިޓަލް އަޅަން ކޮންޓްރެކްޓަރަކު ހޯދަން ސޮއިކޮށްފި

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ކަމަށް ހަސަން ޝާކިރު

ބޭރު ޤައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓައިޕަންޑް މުރާޖަޢާ ކުރަނީ

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

immigration

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގާ އޮޕަރޭޝަނުގައި އިތުރު ބަޔަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގާ އޮޕަރޭޝަނުގައި އިއްޔެ ވަނީ ހުޅުމާލޭގައި ހިންގަމުންދިއަ ތިން ކެފޭއެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިއަ ހަތް ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އަދި އެތައް ހާސް ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފަ އެވެ.

ބިދޭސީން ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން “އަނދިރި” ފަރާތުގައި ހިންގަމުންދިޔަ ބިދޭސީ ނެޓްވޯކްތަކާއި ޤަވާއިދާ ޚިލާފު އެތައް ވިޔަފާރިތަކެއް ބަނީ ހުއްޓުވިފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި މޫލާފައިވާ ބޮޑު ތިން މައްސަލައެއް ޙައްލުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dhivehi passport

ދިވެހި ޕާސްޕޯޓު ދުނިޔޭގެ ރޭންކިންގެ 52 ވަނައިގައި

Mm

ބިދޭސީން ހިންގި ފަސް ވިޔަފާރިއެއް ބަންދުކޮށްފި

ބިދޭސީން ވިޔަފާރިކުރާ 5 ތަނެއް ބަންދުކޮށް، 3 ބިދޭސީއަކު ހައްޔަރުކޮށްފި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ހުޅުމާލޭގެ 5 ސެލޫނެއް ރެއިޑްކޮށްފި

TTH_advertisement