ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ނާގޯށީގައި ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކޮށްފި

Ii

ހދ. ނާގޯށީގައި ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކޮށްފިއެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ އެ ރަށުގެ ސައިޓުގައި ކުރަން ހުރި އެކި މަސައްކަތްތަކަށް ދިވެހިން ހޯދަން ބޭނުންވާ ކަމަށެވެ.

އެ ކުމްފުނިން ކުރި އިއުލާނުގައި 13 މަގާމަކަށް 20 މީހަކު ހޯދަން ވަނީ އިއުލާންކޮށްފައެވެ. އެއީ، ޕްރޮޖެކްޓް މެނޭޖަރަކާއި ކޮންސްޓްރަކްޝަން މެނޭޖަރަކާއި ޕްލޭނިން އިންޖީނިއަރަކާއި ކުއެންޓިޓީ ސާވޭޔާ އާއި ހަތަރު ސައިޓް އިންޖީނިއަރުންނާއި އެޗްއެސްސީ އިންޖީނިއަރަކާއި ޕްރޮކިއުމެންޓް އޮފިސަރަކާއި ޕްރޮކިއުމެންޓް އެސިސްޓެންޓަކާއި ޑޮކިއުމެންޓް ކޮންޓްރޯލަރަކާއި ހަތަރު ސައިޓް ސުޕަވައިޒަރުންނާއި އެމްއީޕީ ކޯޑިނޭޓަރުން އަދި ދެ ޑްރާފްޓް ޕާސަން އެވެ.

އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ކުރިން އެމްޓީޑީސީގެ އީ-މެއިލް [email protected] އަށް ސީވީ އާއި ސެޓްފިކެޓްތަކުގެ ކޮޕީ ފޮނުވުމަށް އެ އިއުލާނުގައި ވަނީ އެދިފައެވެ.

ހދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޯގަސްޓް މަހު ކުރެއްވި ދަތުރުފުޅުގައި ވަނީ ނާގޯއްޓަށް ވަޑައިގެން އެ ރަށް ބައްލަވާލައްވާފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މަސައްކަތް ނިންމައި އަންނަ އަހަރު އެ ރިސޯޓް ހުޅުވާނެ ކަމަށެވެ.

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު ވިދާޅުވެފައި ވަނީ އެ މަޝްރޫއުގެ ކުރިއަށް ގެންދަން ރާވާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ފިޔަވަހީގައި 183 ކޮޓަރިއެއްގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ ޑިސެމްބަރު މަހު އެ ރިސޯޓުގެ އޮޕަރޭޝަންތައް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ބީޗް ވިލާ އާއި ޖަކޫޒީ ބީޗް ވިލާ އަދި ވޯޓާ ވިލާތައް ވެސް ހިމެނޭނެ އެވެ.

އެ ރިސޯޓް ހެދުމުގެ 37 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ.

އެ މަސައްކަތް ނިންމޭއިރު، އެ ރިސޯޓުން އެކަނި 600 ވަޒީފާ އުފެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourists

މިދިޔަ އަހަރު ރާއްޖޭގައި 6 ރިސޯޓު ހުޅުވާފައިވޭ

Ii

ސާވިސް ޗާޖް ޑޮލަރުން ދިނުަމަށް ލާޒިމްކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

Ii

މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެމިލިއަނާ ގާތްވެފައިވެއްޖެ

Dd

ޓްރަމްޕް ބްރޭންޑުގެ ރިސޯޓެއް ރާއްޖޭގައި ހަދަނީ

TTH_advertisement