ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން 2،319 ގޯތީގެ ރަޖިސްްޓަރީ ހަވާލުކޮށްފި

778

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން 2،319 ގޯތީގެ ރަޖިސްްޓަރީ ހަވާލުކޮށްފިއެވެ.

މިދިޔަ ސަރުކާރުން ގިރާވަރު ފަޅުން ދޫކުރި ބައެއް ގޯތިތައް މި ސަރުކާރުން ވަނީ ގުޅިފަޅަށް ބަދަލުކޮށްފައެވެ. އެހެންވެ ކުރިން ދޫކުރި ގޯތީގެ ރަޖިސްޓްރީ ބާތިލްކޮށް، އަލުން ވަނީ ގޯތިތައް ހަވާލުކޮށްފައެވެ.

ގޯތި ދިނުމުގެ އުސޫލަށް ފުށުއަރާ ކަންތައްތަކެއް އާ އެއްބަސްވުމުގައި ހުރި ކަމަށް ބުނެ، ގޯތިތަކުގެ ރަޖިސްޓަރީ ދިނުމަށް ހަދާ އާ އެއްބަސްވުމުގައި ސޮއިކުރަން ބައެއް މީހުން ދެކޮޅު ހެދިއެވެ. ދެކޮޅު ހެދި މީހުންނަށް އާ ރަޖިސްޓަރީ އާއި އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު ފުރުސަތެއް މިނިސްޓްރީން ދިނެވެ. އެ މުއްދަތު މި މަހުގެ ހަ ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިހާތަނަށް 2،319 މީހަކަށް ރަޖިސްޓަރީ ދޫކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 25 މީހަކަށް ޕްލޮޓް ހަވާލުކޮށްފައިވާ ކަމަށެވެ.

ގުޅިފަޅުން 2,438 ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވެއެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެއެވެ. އެހެންކަމުން، މިހާތަނަށް ރަޖިސްޓަރީ ހަވާލުނުކުރެވި އޮތީ 119 މީހަކާ އެކަންޏެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅުގެ އިތުރުން ގިރާވަރު ފަޅުން ޖުމްލަ 9،031 ގޯތި މާލޭގެ ރައްޔިތުންނަށް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

43

ނުކުޅެދުންތެރިކަން ހުންނަ މީހުން ފްލެޓަށް ފޯމު ހުށަހަޅަން ވަކި ކެޓަގަރީއެއް ކަނޑައަޅައިފި

990

ގުޅިފަޅުން ގޯތި ލިބުނު 43 މީހަކަށް ގޯތި ހަވާލުކޮށްފި

raees muiz

ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވައިލައިފި