ކުއްލި ޚަބަރު

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

އިތުރު 3 އެއަރލައިނެއްގެ ޚިދުމަތް އައު ޓަރމިނަލަށް ބަދަލުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލަށް އިތުރު 3 އެއަރލައިނެއްގެ ޚިދުމަތް ބަދަލުކޮށްފިއެވެ. މިއާއެކު އައު ޓަރމިނަލަށް ޚިދުމަތް ބަދަލުކުރި އެއަރލައިންތަކުގެ ޖުމްލަ އަދަދު މިވަނީ 25 އަށް އަރާފައެވެ. ވީއައިއޭގެ އައު ޓާމިނަލަށް އެންމެ ފަހުން ބަދަލުކޮށްފައިވަނީ ލޯ-ކޯސްޓް ދެ އެއާލައިން ކަމަށްވާ, އެއަރއޭޝިއާ މެލޭޝިޔާ އަދި ތައި އެއަރއޭޝިއާއެވެ. މި ދެ އެއަރލައިނަށް އައު ޓަރމިނަލުން ޚިދުމަތް ދޭން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

މީގެ އިތުރުން އޮސްޓްރިއާގެ ޤައުމީ އެއަރލައިން, އޮސްޓްރިއަން އެއަރލައިންސްއަށް މިމަހުގެ 15 ވަނަ ދުވަހު އައު ޓަރމިނަލުން ވަނީ ޚިދުމަތް ދޭން ފަށާފައެވެ. މި 3 އެއަރލައިނަށްވެސް އައު ޓަރމިނަލުން ޚިދުމަތްދޭން ފެށުން ފާހަގަކުރުމަށް ވީއައިއޭގައި ވަނީ ޚާއްސަ ހަފްލާތައް ވަކިވަކިން ބާއްވާފައެވެ. އަދި އެ އެއަރލައިންތަކުން ރާއްޖެއައި ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ. މި ޓަރމިނަލުގެ ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވޭ ޚިދުމަތެކެވެ.

މީގެ އިތުރުން، އައު ޓަރމިނަލުގައި ސީޕްލޭންއަށް ޚާއްސަ 24 ޗެކިން ކައުންޓަރ ޤާއިމް ކުރެވިފައިވެއެވެ. ހަމަމިއާއެކު ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ. މިއިން ކޮންމެ އެއިރޯ ބްރިޖަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެއް ކަމަށާއި މިކަމުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

via

ވީއައިއޭގައި މާރާމާރީއެއް

saeed

ވީއައިއޭގެ ދަރަނީގެ ހިއްސާދާރުންނަކީ އެމްޑީޕީ: ސައީދު

ވީއައިއޭގެ އާ ޓާމިނަލްގެ ފުރަތަމަ ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔުން -- ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ އާ ޓާމިނަލްގެ ފުރަތަމަ ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް

via

އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑު ފޮތަށް 

TTH_advertisement