ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުބާއީ އާއި ސިންގަޕޫރަށްވުމަށް މުރާލިކަމާއެކު މަސައްކަތް ކުރަންޖެހޭ: ނާޒިމް

Ii

ދުބާއީ އާއި ސިންގަޕޫރު ފަދަ ތަންތަން މިސާލަކަށް ނަގައި ރާއްޖެ ތަރައްގީކުރަން ބޭނުންނަމަ މުރާލިކަމާއެކު މަސައްކަތްކުރަން ޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ ސިންގަޕޫރަށާއި ދުބާއީއަށާއި އަބޫދާބީ ފަދަ ތަންތަންހެން ރާއްޖެ ތަރައްގީވާން ދިވެހީން ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަން ކުރުމަށްޓަކައި މަސައްކަތްކޮށް އާމްދަނީ ހޯދުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

“ރައްޔިތުންނަކީވެސް މަސައްކަތްކުރަން ކެރޭ، މުރާލި ބަޔަކަށްވެސް ވާން އެބަޖެހޭ، މިހާރު ވަރަށް ގިނަ މީހުން ބޭނުންވަނީ ވަޒީފާވެސް ބޭނުންވަނީ މަސައްކަތްނުކުރާ ގޮތަށް، އެގޮތަށް ވަރަށް ސާފުކޮށް ބުނަންވެސް ބުނޭ،” ނާޒިމް ވިދާޅުވިއެވެ.

ގައުމެއް ކުރިއަރައިގެން ދިޔުމުގައި އަމިއްލަ ފަރުދުންގެ ހިއްސާ ވަރަށް ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

ސަރުކާރުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން ގާބިލު ޒުވާނުން ސިވިލް ސާވިސްއާ ގުޅި، މަސައްކަތަށް ނުކުންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް

DSC

މި ދަނޑިވަޅުގައި ރާއްޖެއިން މަސައްކަތްކުރާނީ އަރަބި ގައުމުތަކާއެކީ، އެއް ބްލޮކެއްގެ ގޮތުގައި: ރައީސް