ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ޓެކްސީ ލައިންގެ ހިދުމަތް ފެބްރުއަރީ މަހު ފަށަނީ

ޓެކްސީ ލައިންގެ ހިދުމަތް، އެންމެ ލަސްވެގެން އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.

އެ ހިދުމަތް ފުރަތަމަ ފަށަން ނިންމީ އަންނަ ޖުލައި މަހުގެ ކުރީކޮޅެވެ. ނަމަވެސް އެ ހިދުމަތް އޮގަސްޓް މަހުގެ ފަހުކޮޅު ފެށުމަށް ލަސްކުރި ނަމަވެސް އެކަން ފެށިފައެއް ނުވެއެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި ރައީސް ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރިއަށްދާ ކަމަށާއި އެގޮތުން މިހާރު ކުރިއަށްދަނީ ޓެކްސީތަކުގެ ޕްރޮޑަކްޝަން ކަމަށެވެ.

“އިރާދަކުރެއްވިއްޔާ ފެބްރުއަރީ މަސް ފެށޭއިރުގައި މާލޭގައި އަޅުގަނޑުމެން ވީ ވައުދާ އެއްގޮތަށް ޒަމާނީ އަދި ވަރަށް ފެންވަރު ރަނގަޅު ޓެކްސީ ހިދުމަތެއް ފަށާނަން،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓެކްސީ ޑްރައިވަރުން ބާކީ ނުވާނެ ކަމަށާއި އެ ޕްރޮގްރާމްގެ ތެރޭގައި ޓެކްސީ ޑްރައިވަރުން ހިމަނާނެ ކަމަށެވެ. އެކަމުގެ ސަބަބުން ޑްރައިވަރުންނަށް ކަނޑައެޅިފައިވާ އާމްދަނީއެއް ކޮންމެ މަހަކު ވެސް ލިބިގެންދާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ހަމަހަމަ ހިދުމަތެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސް މާލޭގެ އަވަށްތަކުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ފައްޓަވަނީ

Ii

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި މިހާރު 126 މިލިޔަން ޑޮލަރު އެބަހުރި: ރައީސް

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

ތިން ކޮޓަރީގެ ފުލެޓުތައް 10،000 ރުފިޔާއަށްވުރެ ބޮޑެއް ނުވާނެ: ރައީސް

TTH_advertisement