ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕް ބްރޭންޑުގެ ރިސޯޓެއް ރާއްޖޭގައި ހަދަނީ

Dd

މާލެއިން ފުރައިގެން ގާތްގަނޑަކަށް 25 މިނެޓުން ދެވޭ ރަށެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަ ވިޔަފާރި ކުންފުނި، ދަ ޓްރަމްޕު އޮގައިޒޭޝަނުން ރިސޯޓެއް ހަދަން ނިންމައިފިއެވެ.

ބޭރުގެ ނޫސްތަކުގައި ލަގްޒަރީ ރިއަލް އެސްޓޭޓް ޑިވެލޮޕަރު، ޑާ ގްލޯބަލް އާއި ޓްރަމްޕް އޮގަނައިޒޭޝަނުން ނެރުނު ބަޔާނަކާ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ރިސޯޓުގައި 80 އަށް ވުރެ ގިނަ އަލްޓްރާ ލަގްޒަރީ ބީޗާއި މޫދު ކޮޓަރި ހުންނާނެއެވެ.

ޓްރަމްޕްގެ ކުންފުނިން ބުނިގޮތުގައި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައި ވަނީ، 2028ގެ ފަހުކޮޅު އެވެ.

މީގެ އިތުރުން، މި މަޝްރޫއު ކުރިއަށްގެންދިޔުމަށް އިންވެސްޓަރުން ހޯދުމުގައި ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކުރުމަށް ނިންމައިފައިވާކަން ވެސް ދެ ކުންފުނިން ބުންޏެވެ.

މި ކަމާ ގުޅިގެން ޓްރަމްޕް އޯގަނައިޒޭޝަންގެ ނައިބު ރައީސް އަދި، ޓްރަމްޕުގެ ދަރިކަލުން އެރިކް ޓްރަމްޕު ވިދާޅުވީ، ރާއްޖެއަށް އެ ބްރޭންޑު ތައާރަފުވުކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޓްރަމްޕް އޯގަނައިޒޭޝަންގެ ހޮޓާތަކާއި ރިސޯޓުތައް އެމެރިކާގެ އިތުރުން ސްކޮޓްލެންޑާއި ދުބާއީގައި ވެސް ހިންގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ހ ހިޖުރަ
ޓްރަންޕް ބުރޭންޑާ ދެކޮޅު

ގުޅުންހުރި

Iu

ނުވަ ކްރޫޒްލައިނާ އަކުން 15،000އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

އުލިގަމު ޔޮޓް މެރީނާ ތަރައްޤީކުރަން ހުޅުވާލައިފި

Oo

ނުފުރި ތިބި ފަތުރުވެރިންނަށް ސަރުކާރުން އެހީ ވަނީ

ކުއީން އޭން ކްރޫޒްލައިން ރާއްޖެއަށް 2،669 ފަތުރުވެރިން ޒިޔާރަތްކުރި