ކުއްލި ޚަބަރު

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ އިތުރު 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ޔޫއެންއޯޑީސީ އިން އެންޑީއޭއަށް ޑްރަގް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފި

ވިހަފަރުގައި އެއާޕޯޓު އެޅުމަށް 42 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ނަބާ އަދި ޒަޔާނަށް ރައީސްގެ ތަހުނިޔާ

ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025ގެ ޑަބަލްސް އިވެންޓުގައި ވާދަކޮށް ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ނަބާހާ ޢަބްދުއްރައްޒާޤު ހުސައިން އަދި ޒަޔާން ޝަހީދު ޒަކީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މި ދެ އެތުލީޓުންނަށް ތަހުނިޔާ ދަންނަވާ ރައީސް ވިދާޅުވީ މިޝަރަފުވެރި ކާމިޔާބީތައް ރާއްޖެއަށް ހޯދައިދިން ހުނަރުވެރި ދެ އެތުލީޓުންނަށް ތަހުނިޔާ ދަންނަވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާއިން ހޯދި ދެވަނަ ރަން މެޑަލް ކަންވެސް ފާހަގަކުރައްވާފައެވެ. ‏ޒެމްބިއާ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ނަބާ އާއި ނަބީހާ ޢަބްދުއްރައްޒާޤުގެ ޕެއާއިން ވަނީ ރިހި މެޑަލްވެސް ހޯދާފައެވެ.

މިމުބާރާތް ކުރިއަށް ދިޔައީ ޒެމްބިއާގެ ވެރިރަށް ލޫސަކާއެވެ. މި މުބާރާތުގެ މިކްސްޑް ޑަބަލްސް ފައިނަލުގައި ނަބާހާ އާއި ޒަޔާންގެ ޕެއަރ ވާދަކޮށްފަވަނީ މިސްރުގެ އިއްޒަތު ކަރީމް މަހްމޫދާއި ނޫރު އަހްމަދު ޔޫސްރީގެ ޕެއާއާ ދެކޮޅަށެވެ. މިމެޗު ރާއްޖޭގެ އެތުލީޓުން ނަގާފަވަނީ ސީދާ ދެ ސެޓުންނެވެ. މިމެޗުގެ ސެޓްތައް ރާއްޖޭގެ ޕެއަރއިން ކާމިޔާބުކުރީ 21-18 އަދި 22-20 ންނެވެ.

އަދި މިބާރާތުގެ އަންހެން ޑަބަލްސް ފައިނަލުގައި ނަބީހާ އާއި ނަބާހާގެ ޕެއަރ ވާދަކޮށް ރިހި މެޑަލް ކަށަވަރުކުރިއިރު ރާއްޖޭގެ ޕެއަރއާއި ދެކޮޅަށް މިމެޗުގަ ނުކުތީ ދެކުނު އެފްރިކާގައި ދެވަނަ އަށް ސީޑްކޮށްފައިވާ އެތުލީޓުންކަމަށްވާ އޭމީ އާކަމަން އާއި ޖޯހަނީޓާ ޝޯޓްޒްއެވެ. މިމެޗު އިދިކޮޅުން ކާމިޔާބުކުރީ ސީދާ ދެ ސެޓުން، 21-16 އަދި 21-14 ގެ ތަފާތަކުންނެވެ.

މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާއިން ހޯދި ދެވަނަ ރަން މެޑަލް އެވެ. އަދި ބީޑަބްލިއުއެފްގެ ސީރީޒް މުބާރަތަކުން ރާއްޖޭގެ އެތުލެޓީން ހޯދި ފަސްވަނަ ރަން މެޑަލް އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް

ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް ރައީސް ހިތްވަރުދެއްވައިފި

ވިމެންސް ކާވާ ކަޕްގެ ފައިނަލަށް ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމު ދަތުރުކޮށްފި

TTH_advertisement