ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސެމްސަންއާ ގުޅިގެން އިސްރާއީލުން ދުނިޔޭގައި ޖާސޫސްކުރާ ކަމަށް ދެކެވޭ ވާހަކަތައް

TTH_Ads
STO_Ads
Advertisement

“އެޕްކްލައުޑް” އެޕްލިކޭޝަނަކީ އިސްރާއީލުން ތަރައްގީ ކޮށްފައިވާ މޮބައިލް އެޕްލިކޭޝަނެކެވެ. ސެމްސަންގެ ގެލެކްސީ އޭ އަދި އެމް ސީރީޒްތައް ބާޒާރަށް ނެރުނު އިރުވެސް އިސްރާއީލުގެ އެޕްލިކޭޝަން ހުރީ ފޯނުތަކަށް އިންސްޓޯލް ކޮށްފައެވެ.

މައްސަލަ ހޫނުވި ހިސާބަކީ، “އެޕްކްލައުޑް” ފޯނުން ރިމޫވްވެސް ނުކުރެވޭ ގޮތް ހަދާފައި ހުރުމުންނެވެ.

މި މައްސަލަ ތަހްގީގު ކުރި ފަރާތްތަކުން ބުނެފައިވަނީ، އިސްރާއީލުގެ އެޕްލިކޭޝަން ހުރީ، ފޯނުތަކުގެ އޮޕަރޭޓިންގ ސިސްޓަމްތަކަށް އެމްބެޑް ކޮށްފައި ކަމަށެވެ. އެހެންވެ، ފޯނުތަކުން އެއްކޮށް އެ އެޕްލިކޭޝަން ޑިލީޓެއް ނުކުރެވެއެވެ.

HajjCop_ads
Advertisement

“އެޕްކްލައުޑް” އެޕްލިކޭޝަން ޑިސްއޭބްލް ކުރިޔަސް، ފޯނުން ފިލައި ނުދެއެވެ. ފޯނު އަޕްޑޭޓް ކޮށްލާއިރަށް އަލުން ފެންނަން ފަށައެވެ.

މީގެއިތުރުން، “އެޕްކްލައުޑް” އިން ސިއްރުން އަމިއްލައަށް އިތުރު ސޮފްޓްވެއަރތައް އިންސްޓޯލްކުރާ ކަމަށްވެސް، މިކަން ތަހްގީގު ކުރި ފަރާތްތަކުން ވަނީ ބުނެފައެވެ.

މިއީ، އިސްރާއީލުގެ “އަޔަންސޯރސް” ނަމަކަށްކިޔާ ކުންފުންޏަކުން ތަރައްގީ ކޮށްފައިވާ އެޕްލިކޭޝަނެކެވެ. މިއީ، އިސްރާއީލުން ދުނިޔެއަށް ޖާސޫސްކުރަން ކޮށްގެން އުޅޭ ކަމެކެވެ. މި އެޕްލިކޭޝަނުން، ފޯނުގެ ވެރި ފަރާތަށް އެއްވެސް އެނގުމަކާ ނުލައި، އޭނާ ހުރި ތަނަކާއި، ފޯނުގެ ވެރިފަރާތާ ގުޅޭ ހުރިހާ މައުލޫމާތު ފޮނުވައި ދެއެވެ.

މި މައްސަލާގައި ސެމްސަން ކުންފުނި މިހާރުވަނީ ހޫނުފެނަށް ވެއްޓިފައެވެ.

ޗައިނާ އަދި ބްރެޒިލް ފަދަ ގައުމުތަކުން ސެމްސަން ފޯނު އެތެރެކުރުން މަނާކުރަން ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތައް ފެތުރިފައި ވާއިރު، ބްރެޒިލް އިން ބުނެފައިވަނީ އިސްރާއީލާ ގުޅުންހުރި ކުންފުނިތަކުން އުފައްދާ ފޯނާއި، ކޮމްޕިއުޓަރާއި އަދި އިލެކްޓްރޯނިކް އެއްވެސް ބާވަތެއް އެތެރެކުރުން މަނާކުރާނޭ ކަމަށެވެ.

ޗައިނާއިން މިހާރުވަނީ ސަލާމަތީ ރިވިއުއެއް ހަދަމުންނެވެ. އޭގެ ސަބަބުން ސަމްސަންގެ އިތުރުން، މޮޓޮރޮލާ، އެޕަލް އަދ ގޫގްލް ޕިކްސެލްއަށް އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް، ރިޕޯޓްތައް ބުނެއެވެ.

ސަލާމަތާ ގުޅުންހުރި ކަމަކަށްވާތީ، އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ކުންފުނިތަކުގެ އުފެއްދުންތައް މަނާކުރަން ރަޝިޔާއިންވެސް ތައްޔާރުވަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

އީރާނުން ބުނެފައިވަނީ،

ކަށަވަރު ނުވާ ރިޕޯޓްތައް ބުނާގޮތުގައި، އިސްރާއީލުގެ ޖާސޫސްކުރާ އެޕްލިކޭޝަން އަޅާފައި ހުންނަނީ މެދިއިރުމައްޗާއި އެފްރިކާ ބައްރަށް ވިއްކާ ފޯނުތަކަށެވެ.

އިސްރާއީލުގެ މުޖުރިމު ބޮޑުވަޒީރު ނަތަންޔާހޫ ދާދިފަހުން ބުނެފައިވަނީ، އަތުގައި އޮންނަ މޮބައިލް ފޯނުގައިވެސް އިސްރާއީލުގެ އެއްޗެއް އިންނާނެ ކަމަށާއި، އިސްރާއީލަށް ވާސިލް ނުވެވޭ ހިސާބެއްގައި ދުނިޔޭގައި އެކަކުވެސް ނެތް ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ބޯޑް އޮފް ޕީސްވެސް ނަތަންޔާހޫއާ އެއްކޮޅަށް، ޓްރަމްޕްގެ ކިބައިން ހަމާސްއިން އެދެނީ މައްސަލަ ސާފުކޮށްދިނުމަށް

24 ގަޑިއިރުތެރޭ ޣައްޒާއިން 19 މީހުން ޝަހީދުކޮށްލައިފި، އުދުވާނު އަދިވެސް ފުޅާކުރަނީ

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި