ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

މަންދޫ ޒުވާނުންގެ ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފި

މިދިޔަ ދިހަ ވަރަކަށް އަހަރުއްސުރެ އދ. މަންދޫގެ ޒުވާނުން އެދިއެދި ތިބި ފުޓްސަލް ދަނޑުގެ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

އދ. މަންދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޢިއްޒު ވަނީ ފުޓްސަލް ދަނޑު ހުޅުވައިދެއްވާ، މިދިޔަ މަހު އެރަށަށް ކުރެއްވި ޒިޔާރަތުގައި ޒުވާނުން އެދިލެއްވި ގޮތަށް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޑަ ވަގުތުކޮޅަކު ނަމަވެސް ބައިވެރިވެވަޑައިގެންދެއްވުމަށް ދެއްވި ދައުވަތަށް  އިޖާބަދެއްވާފައެވެ.

ފުޓްސަލް ދަނޑު ހުޅުވުމަށް ވަޑައިގެން ރައީސް ރައްޔިތުންނާއެކު ވަގުތުކޮޅެއްހޭދަ ކުރެއްވުމުން، އެރަށުގެ ޒުވާނުންގެ ފަރާތުން ވަނީ ރައީސަށް ޚާއްސަ ޕްލާކެއްވެސް އަރުވާފައެވެ.

މަންދޫގެ ޒުވާނުންގެ އެދުމާއި އެއްގޮތަށް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ މިއަދު އެ ދަނޑު ހުޅުވައިދެއްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ފުޓްސަލް މެޗެއް އެ ދަނޑުގައި ކުޅުއްވާފައެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމާއި ދެކޮޅަށް ކުޅުނީ މަންދޫ ރައްޔިތުންގެ ޓީމެކެވެ. ފޯރިއާއެކު ކުރިއަށްދިޔަ މި ފުޓްސަލް މެޗު 6–2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރައީސުލްޖުމްހޫރިއްޔާގެ ޓީމުންނެވެ.

މަންދޫގެ ފުޓްސަލް ދަނޑަކީ ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ހުރިހާ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު މަންދުއަށް ވަޑައިގަތުމުން، ރަށުގައި ފުޓްސަލް ދަނޑެއް ތަރައްޤީކޮށްދެއްވައި މި ނޮވެންބަރު މަހުގެ ނިޔަލަށް ނިންމަވައިދެއްވުމަށް ރަށުގެ ރައްޔިތުން އެދިވަޑައިގެންނެވުމުން އެކަމަށް އިޖާބަދެއްވައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކުރައްވައިގެން ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީކުރައްވައި، ލައިޓް ޖަހައި، ފުރިހަމަކުރައްވައި ނިންމެވި ދަނޑެކެވެ.

މިއީ މަންދޫގެ ޒުވާނުންގެ އުންމީދުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ. މި ދަނޑުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ކުރިއެރުންތައް ލިބި އެއްބައިވަންތަކަށް ދެމެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.

މަންދޫގައި އަންނަނީ ފުޓްބޯޅަ ދަނޑެއްވެސް ތަރައްޤީކުރަމުންނެވެ. އެ މަސައްކަތްވެސް ކުރިޔަށް ގެންދަނީވެސް އެމްޓީސީސީންނެވެ. މި މަޝްރޫއުގެ ދަށުން އެ ދަނޑުގެ ވަށާފާރު ރޭނުމާއި، ސްޓޭޑިއަމްގައި ލައިޓް ހަރުކުރުމާއި ސަބްބޭސް ތައްޔާރުކުރުމާއި، ޓާފް އެޅުމުގެ މަސައްކަތް އެމްޓީސީސީން ކުރިޔަށް ގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ދީފިނަމަ، އެމެރިކާ ކަންބޮޑުވާކަށް ނުޖެހޭނެ: ރައީސް

PNC

ދިއްދޫ އަދި މަންދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީއަށް ލިބިއްޖެ

ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ރޯދައިގެ ކުރިން ހުޅުވަނީ

ވެލިދޫ ބިން ހިއްކުމުގެ މަސައްކަތުގެ %90 މަސައްކަތް ނިމިއްޖެ

TTH_advertisement