ކުއްލި ޚަބަރު

މާލޭގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް އާދަމް އާޒިމް ކަށަވަރުކުރައްވައިފި

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

ޢިރާގުގެ އާންމު އިންތިޚާބުން އެންމެ ކުރި ހޯދީ ބޮޑުވަޒީރު ސުދާނީގެ ކޯލިޝަނުން

އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝީއާ އަލް ސުދާނީ

 

ޢިރާގުގައި ބޭއްވި ޕާލަމެންޓްރީ އިންތިޚާބުން، އެގައުމުގެ މިހާރުގެ ބޮޑުވަޒީރު މުހައްމަދު ޝީއާ އަލް ސުދާނީގެ ކޯލިޝަން އެންމެ ކުރި ހޯދައިފިއެވެ.

އަންގާރަ ދުވަހު އިރާގުގައި ބޭއްވި އިންތިޚާބުގެ ވަގުތި ނަތީޖާ، އެގައުމުގެ އިންޑިޕެންޑެންޓް ހައި އިލެކްޓޯރަލް ކޮމިޝަނުން އިއުލާން ކުރީ މިއަދުއެވެ.

ކޮމިޝަނުން ބުނެފައިވަނީ، ބޮޑުވަޒީރު މުހައްމަދު ޝީއާ އަލް ސުދާނީގެ ކޯލިޝަނަށް 1.317 މިލިއަން ވޯޓު ލިބިފައިވާ ކަމަށެވެ. މިއީ ގާތްގަނޑަކަށް 45 ގޮނޑީގެ މިންވަރެވެ.

ޕާލަމެންޓްގައި ހިމެނޭ ބަޣުދާދުގެ 69 ގޮނޑީގެ ތެރެއިން ބޮޑުވަޒީރު ސޫދާނީގެ ރީކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް ކޯލިޝަނަށް ލިބުނީ 15 ގޮނޑިއެވެ.

ބަޣުދާދުން ދެވަނައަށް އެންމެ ގޮނޑި ނެގީ، އިރާގު ޕާލަމެންޓުގެ ކުރީގެ ރައީސް މުހައްމަދު އަލް ހަލްބޫސީ އިސްވެ ހުންނަވާ ސުންނީ ޕާޓީއެއް ކަމަށްވާ ޕްރޮގްރެސްއެވެ. އެއީ 10 ގޮނޑިއެވެ. ބަޣުދާދުން ތިންވަނައަށް އެންމެ ގިނަ ގޮނޑި ނެގީ ކުރީގެ ބޮޑުވަޒީރު ނޫރީ އަލް މާލިކީގެ ސްޓޭޓް އޮފް ލޯ ކޯލިޝަނުންނެވެ އެއީ 8 ގޮނޑިއެވެ.

އިރާގުގެ ޕާލަމެންޓުގައި ހިމެނެނީ 329 ގޮނޑިއެވެ. އެއްވެސް ޕާޓީއަކަށް އެކަނި ސަރުކާރެއް އުފެއްދޭ ވަރަށް ގޮނޑި ކާމިޔާބު ކުރުމަކީ ނާދިރު ކަމެކެވެ. އެހެންވެ، އިންތިޚާބަށް ޕާޓީތައް ނުކުންނަނީ ކޯލިޝަން ހަދައިގެންނެވެ.

އަންގާރަ ދުވަހުގެ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ބޮޑުވަޒީރު ސޫދާނީއަށް ޖެހިވަޑައި ގަންނަވާނީ، އިރާނުގެ ޝިޢީ، ސުންނީ އަދި ކުރުދީ ގްރޫޕްތަކާ ވާހަކަ ދައްކަވައި، ކޯލިޝަން ފުޅާކުރައްވާށެވެ.

ސަރުކާރެއް އުފެއްދޭނީ އޭރުންނެވެ.

އިންތިޚާބުގެ ނަތީޖާއިން ބޮޑުވަޒީރުގެ ކޯލިޝަނަށް އެއްވަނަ ލިބުމުންމަގާމުގެ ދެވަނަ ދައުރަކަށް އޭނާ ކުރައްވާ އުންމީދު ބޮޑުވެގެން ދިޔައީއެވެ. އެކަމަކު، ކޯލިޝަން ހަދަންވެސް މަސްތަކެއް ނަގާފާނެ ކަމަށް ވެއެވެ.

އިންޑިޕެންޑެންޓް ހައި އިލެކްޓޯރަލް ކޮމިޝަނުން ބުނެފައިވަނީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 56.11 އިންސައްތަ މީހުން ވޯޓުލާން ނުކުތް ކަމަށެވެ.

ބޮޑުވަޒީރު ސުދާނީ ވިދާޅުވީ، ވޯޓުލާން ނުކުތް މީހުންގެ ނިސްބަތަކީ މަތީ ނިސްބަތެއް ކަމަށާއި، މިކަމުން އިރާގުގެ ސިޔާސީ ނިޒާމަށް ރައްޔިތުން އިތުބާރު ކުރާކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

އެކަމަކު، ބޮޑެތި ސިޔާސީ ޕާޓީތަކުން ވެރިކަމަށް އަންނާން އުޅެނީ ރައްޔިތުންނަށް ކަމެއް ކޮށްދޭން ނޫން ކަމަށާއި، އެ ޕާޓީތަކުން އުޅެނީ އިރާގަށް ލިބިފައިވާ ތެލު މުއްސަނދިކަމުން ބައިއެޅުމުގައި ކަމަށް ބުނެ ގިނަ ޒުވާނުން ތިބީ ހިތްހަމަ ނުޖެހިފައި ކަމަށް، އިރާގުގެ ނޫސްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދުޝްމަނުން އުޅުނު ޚަބަރާއެކު އީރާނުގެ ޖެޓުތައް އީރާން-އިރާގު ބޯޑަރަށް

އިރާގުގެ ޝޮޕިންގ މޯލްގައި ހިނގި ވަރުގަދަ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 69 އަށް އަރައިފި

TTH_advertisement