ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާ ރައްޔިތުން ވީ އެންމެ އަވަހަކަށް އިރާގުން ފޭބުމަށް އެމްބަސީން އަންގައިފި

ބަޣްދާދުގައި އެމެރިކާ އެމްބަސީ ހުންނަ ސަރަހައްދު:
STO_Ads
TTH_Ads
Advertisement

އިރާގުގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން ވީހާވެސް އަވަހަކަށް އިރާގު ދޫކޮށް ދިއުމަށް، އިރާގުގައި ހުންނަ އެމެރިކާ އެމްބަސީން އަންގައިފިއެވެ.

ސޯޝަލް މީޑިއާގައި ޕޯސްޓް ކުރި މެސެޖެއްގައި އެމެރިކާ އެމްބަސީން ވަނީ، އެމެރިކާ ރައްޔިތުން ވީހާވެސް އަވަހަކަށް އިރާގު ދޫކޮށް ދިއުމަށާއި، އިރާގު ދޫކޮށް ދިއުމަށް ވީހާވެސް އަވަހަކަށް ރައްކާތެރި މަގެއް ހޯދުމަށެވެ.

އިރާގު ދޫކޮށް ދިއުމަށް ރައްކާތެރި މަގެއް ހޯދެންދެން ރައްކާތެރިވެގެން ތިބުމަށްވެސް އަންގާފައި ވެއެވެ.

HajjCop_ads
Advertisement

ޕޯސްޓްގައި ބުނެފައިވަނީ، ކުރު ނޯޓިސްއެއް ދިނުމަށްފަހު އިރާގު ސަރުކާރުން އެގައުމުގެ ވައިގެ ސަރަހައްދު ކޮންމެފަދަ ވަގުތެއްގައިވެސް ބަންދުކޮށްފާނެ ކަމަށާއި، އަދި ބަންދު ކުރުމަށްފަހު އަލުން ހުޅުވަވެސްފާނެ ކަމަށާއި، އެހެންކަމުން، އެއަރލައިންތަކާ ގުޅައި ފްލައިޓް ދަތުރުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހޯދައިގެން ތިބުމަށްވެސް އެމެރިކާ އެމްބަސީން އަންގާފައި ވެއެވެ.

އެމެރިކާ އެމްބަސީގެ ޕޯސްޓްގައި، އެއްވެސް ބޭނުމެއްގައި އެމެރިކާގެ އެއްވެސް ރައްޔިތަކު މިވަގުތު އިރާގަށް ދަތުރު ނުކުރުމަށްވެސް އަންގާފައި ވެއެވެ.

އެމެރިކާއާއި އިސްރާއީލުން ތެހެރާނަށް ވަރުގަދަ ހަމަލާތަކެއްދީ، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ސައްޔިދު އަލި ޚާމަނާއީ އަވަހާރަ ކޮށްލުމާ ގުޅިގެން އެކަމާ ރުޅިއައިސްގެން އެމެރިކާއާ ދެކޮޅަށް އިރާގުގައި ވަރުގަދަ މުޒާހަރާތަކެއް ފަށާފައި ވެއެވެ.

މުޒާހަރާ ކުރަމުންދާ މީހުންވަނީ، ބަޣްދާދުގެ ގްރީންޒޯނުގައި ހުންނަ އެމެރިކާ އެމްބަސީއަށް ހަމަލާވެސް ދީފައެވެ. އަދި އެމް ބަސީއަށް ވަދެގަތުމަށްވެސް މަސައްކަތް ކޮށްފައި ވެއެވެ.

މީގެއިތުރުން، އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އެމެރިކާގެ ތަންތަނަށް، އިރާގުގެ ހަތިޔާރު އެޅި ގްރޫޕްތަކުން ވަނީ ވަރުގަދަ ހަމަލާތަކެއްވެސް ދީފައެވެ.

އިރާގުގެ އާބާދީގައި ބައިގިނައީ ޝީޢީ މުސްލިމުންނެވެ. އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއަކީ ޝީއީންގެ ދެވަނައަށް އެންމެ މަތީ ދީނީ ލީޑަރު އަދި ދެވަނައަށް އެންމެ އިސް އިމާމެވެ.

ޝީޢީންގެ އެންމެ އިސް ދަންނަބޭކަލަކީ އަދި އެންމެ އިސް އިމާމަކީ އިރާގުގެ އާޔަތުﷲ އަލީ އަލް ހުސައިނީ އަލް ސިސްތާނީއެވެ.

ޝީޢީންގެ ދެވަނައަށް އެންމެ އިސް އިމާމް އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޝީޢީންގެ ފަރާތުން އެކަމުގެ ރައްދު އެމެރިކާއަށާއި، އިސްރާއީލަށް އަމާޒުވާނެކަން އެންމެނަށްވެސް އެނގެއެވެ.

މަސްރަހް ދިރާސާކުރާ ތަޖުރިބާކާރުން ވިދާޅުވަނީ، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމަކީ އެމެރިކާއަށާއި، އިސްރާއީލަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށެވެ. މިކަމުގެ ސަބަބުން ފުރަތަމަ ދުވަހުން ފެށިގެންވެސް އެމެރިކާއާއި އިސްރާއީލު ނާކާމިޔާބުވެފައިވާ ކަމަށްވެސް ބުނެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ގަރާރަށް ތާއީދުކުރާ ސަރަހައްދުގެ ގައުމުތަކަށް ހޮރްމޫޒު ދާއިމަށް ބަންދުވެދާނެ: އީރާން

އީރާނުން ހަމަލާދޭތީ ކަމަށް ބުނެ ޔޫއޭއީގެ އެއަރ ޑިފެންސް ނިޒާމުތައް އެކްޓިވޭޓްކޮށްފައި

އީރާނުގެ ޖަވާބު މިއަދު ދޭނެ، ބުނަނީ ވާހަކަތަކުން ނަތީޖާއެއް ނުކުންނާނީ އެމެރިކާ އިޚްލާސްތެރިވެގެން ކަމަށް

އެއްވެސް ކުރިއެރުމެއް ނުލިބިގެން، ހޮރްމޫޒު ހުޅުވަން އެމެރިކާ ސިފައިން ފެށި އޮޕަރޭޝަން މަޑުޖައްސާލައިފި