ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ ރޯދަ މަހު ވެސް ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ހިލޭ ލިބޭނެ

778

އަންނަ ރޯދަ މަހު ވެސް ރާއްޖޭގެ ކޮންމެ ގެއަކަށް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭހެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރައީސްގެ ނިންމެވުމާ ގުޅިގެން މަސްދަޅު ބަހަން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

އެގޮތުން ބައެއް ކައުންސިލްތަކުން މިހާރު ވަނީ މަސްދަޅާ ހަވާލުވާން ނަންނޯޓް ކުރުމަށް ހުޅުވާލާފައެވެ.

ރޯދަ މަހު މަސްދަޅު ކޭހެއް ހިލޭ ލިބުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ރޯދަ މަހަކީ އާންމުކޮށް މާލީގޮތުން ގިނަ ހޭދަަތަކެއް ކޮންމެ ގެއަކުން ވެސް ކުރަންޖެހޭ މަހަކަށް ވުމެވެ.

މިދިޔަ ރޯދަ މަހު މަސްދަޅު ކޭސް ބެހުމަށްޓަކައި ދައުލަތުގެ ބަޖެޓުން 111.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތްފަހުން ރައްޔިތުންނަށް ހިނިތުންވުން ގެނެސްދޭ މިފަދަ ކަންތައްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ވިޔަފާރީގެ އައު ފުރުޞަތުތަކާ ގުޅޭގޮތުން “ޖެޓްރޯ” އާއެކު މިފްކޯ އިން މަޝްވަރާކޮށްފި

Oo

ހުޅުމާލޭގައި ބޮޑު ކަންނެލި ޕްރޮސެސްކުރާ ކާރުޚާނާ އަޅައި މި އަހަރު ޚިދުމަތް ދޭން ފަށަނީ

“ރަންވަރު ފަސްމީރު” ނަމުގައި މިފްކޯގެ އައު 5 އުފެއްދުމެއް ބާޒާރަށް

masverin

މަސްވެރިންނަށް އިއްޔެ އެކަނިވެސް 1.2 މިލިއަން ރުފިޔާ ދޫކުރި