ކުއްލި ޚަބަރު

ޑްރަގާއެކު އަތުލައިގަތް ލަންކާ ބޯޓުގައި ތިބި ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ކާށިދޫ ބޯޓެއް ފަރަށް އަރައި ބިދޭސީއަކު މަރުވެއްޖެ

ބީއެމްއެލް އިން ޕޭއެމްވީ ކިއުއާރު ޓްރާންސްފާ ހިދުމަތް ފަށައިފި

ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި

Raees Muiz

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރައްވައިފިއެވެ.

މިބިލަކީ، 2025 ނޮވެންބަރު 10 ވީ ހޯމަދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މިބިލުގައި ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުޢީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓުމާއި ޝަރުޢީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ޤާނޫނުގައި ކަނޑައެޅުއްވުމަށް ވަނީ ބަަޔާންކޮށްފައެވެ. އަދި ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްސީލުކޮށް، ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުއާމަލާތްތައްކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތައް ވަނީ ތަފްސީލުކޮށްފައެވެ. އަދި މާލީ ބަޔާން ހުށަހަޅަންޖެހޭ އުސޫލުތައް މުރާޖަޢާ ކުރުމަށްވެސް ވަނީ ބިލުގައި ހިމަނުއްވާފައެވެ.

މި ބިލުގައި ފަނޑިޔާރުން އައްޔަން ކުރައްވާފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމާއި، ވަގުތީގޮތުން އެހެން ކޯޓެއްގެ މަސައްކަތްތައް ހަވާލުކުރުމުގެ އުސޫލުތައްވެސް އިތުރަށް ވަނީ ތަފްސީލުކުރައްވާފައެވެ. މި ބިލުގައިވާ ގޮތުން ފަނޑިޔާރުގެ މަގާމުގައި ހުންނަވާ އެއްވެސް ބޭފުޅަކު އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކޮށްގެން ނުވާނެއެވެ. އަދި ދައުލަތުގެ ބިން ގަތުމާއި، ކުއްޔަށް ހިފުމާއި، ދައުލަތާއި އެހެން ފަރާތަކާ ދެމެދު ވެވޭ މުއާމަލާތެއްގައި ސީދާގޮތުންވެސް ނުސީދާގޮތުންވެސް މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށްވެސް ވަނީ ބަޔާންކުރައްވާފައެވެ.

މިބިލުގެ ދަށުން ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ގޮތެއް ކަނޑައެޅިފައިނުވާނަމަ އެކަން ކޯޓުގެ އިސް ފަނޑިޔާރާއި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަންގަންވާނެއެވެ. މިހާރު ޤާނޫނުގައި ވާގޮތުން 6 މަސް ދުވަހުގެ ތެރޭގައި އަންގަންޖެހެނީ ހަމައެކަނި ކޯޓުގެ އިސް ފަނޑިޔާރަށެވެ.

ފަނޑިޔާރުންގެ ޤާނޫނުގައި މިހާރު އޮންނަގޮތުން ކޮންމެ ފަނޑިޔާރަކު މާލީ ބަޔާންތައް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންޖެހޭނީ އަހަރަކު އެއް ފަހަރުއެވެ. ނަމަވެސް މި ބިލުގައިވާ ގޮތުން ފަނޑިޔާރުން މަގާމާ ހަވާލުވާއިރު މިލްކިއްޔާތުގައި ހިމެނޭތަކެތީގެ މާލީ ބަޔާން، މަގާމާ ހަވާލުވެވަޑައިގަންނަވާތާ 3 މަސް ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭނެއެވެ. އަދި ކޮންމެ އަހަރަކު ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ފާއިތުވި އަހަރުގެ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ.

މީގެ އިތުރުން ފަނޑިޔާރުން މަގާމުން ވަކިވާނަމަ، ވަކިވާތާ 3 މަސް ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑްރަގާއެކު އަތުލައިގަތް ލަންކާ ބޯޓުގައި ތިބި ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ސަރުކާރުގެ 2 އަހަރުގެ އަދާހަމަ ހިއްސާކުރުމަށް ޚާއްސަ ބައްދަލުވުމެއް

ތުރުކީ އަސްކަރިއްޔާގެ ވައިގެ އުޅަނދެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

raees muiz

ޓްރޭޑްމާރކް ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

TTH_advertisement