މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 34 ބޭފުޅަކަށް މިއަދު ދެއްވައިފިއެވެ.
މި ބޭފުޅުންނަށް އިނާމު ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ، ޢިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ގޮތުން ހިތްވަރާއެކު ހޯދާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން، ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މި އަހަރު ދިނުމަށް ނިންމީ، 2022 ވަނަ އަހަރު ނުވަތަ އޭގެފަހުން ލިބިފައިވާ ކާމިޔާބީތަކަށެވެ.
މަތީ ދަރަޖަ ލިބިވަޑައިގެންނެވި ބޭފުޅުން
1- ޑރ. މަމްދޫހާ އިސްމާޢިލް/ ހ. ހެވަތަ
2- ޑރ. އާއިޗަތު ސެލްނާ/ ހ. ގޯލްޑް ފުރުޓް
3- ޑރ. ފާތިމަތު މުނާ/ ވ.ވާދީއާގެ
4- ޑރ. އަހްމަދު އަލީ ޖަލީލް/ ހ.ނަވާގަން
5- ޑރ. އާބްދުލް ލަތީފް އަލީ/ ފުލްމޫން. ސ. ފޭދޫ
7- ޑރ.އާމިނަތު ސުދާ/މ. ލެމަންޓްރީ 1
8- ޑރ.އާމިނަތު ޒާހިރު/ ހުޅުމާލެ ހިޔާ 151707
9- މަރިޔަމް ސަމާ/ މުތްތަށުގެ. އއ.އުކުޅަސް
10- އަރްޝަދު އަޙްމަދު/ ފަހިވާ.ހއ.އުލިގަމު
11- އާއިޝަތު މަޢުރޫފާ/ އަންދަލީބުގެ.ހއ.އިހަވަންދޫ
12- އަހްމަދު ނަިޝަން/ ސެންޓުގެ/އދ.ހަންޏާމީދޫ
13 ފާތިމަތު ރިވާ އާދަމް/ ވެޔޮދޮށުގެ ތ. ވެމަންޑޫ
14- ވަސީމާ ހުސަިއން. ދަފްތަރު ނަންބަރު: ރސ. 12093
15- އާއިޝަތު މާހާ ޝަފީޢު/އަލިމަސްގެ. ސ.ހިތަދޫ
16- އަލީ އަކުރަމް/ އޮޅުހަލި/ ހއ. ކެލާ
17- މަރިޔަމް ނަޝާ ޙާސިމް/ މ.ތުތިއާ
18- މަރިޔަމް ރިޝްމީ/ ހުޅުމާލެ 12 ރެސިޑެންސް 511
19- މާޝިއާ އަމްޖަދު/ ހޭޒްލީން/ ސ. މީދޫ
20- އާއިޝަތު ލަމްހާ ހުސަިއން ރަމީޒު/ ވާދީ. މ.ކުޑަފަރި
21- ސާޖަންޓް އަބްދުﷲ އިނާޒް/ ބޯވެލި/ އދ. މާމިގިނލި
22- އާމިނަތު އުޔޫން ނަޢިމް/ ގ.ވެރޯނާ
23- މަރިޔަމް އީނާސް ހުސަިއން/ މއ.ގޯލްޑްހޯކް
24- ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޖުތުބާ ޒާހިރު/ ފުނާޑު، ޖަވާހިރުވާދީ ޏ. ފުވައްމުލައް
26 އާމިނަތު ސުހާ މުނީރު/ ދާރުއްސަލާމް. ސ.މީދު
27 ރަޚާ މުޙައްމަދު ރަޝީދު/ އަމީނާ މަންޒިލް/ހައ. ދިއްދޫ
28- ސަމްހާ މުޙައްމަދު ފައިސަލް./ ބުލްބުލާގެ.ހއ. ދިއްދޫ
29- ފާތިމަތު މުފާޒާ. ކޯއްޓޭގެ/ ހއ. ކެލާ
30- އާއިޝަތު ޢާނިއާ ޝަމީމް/ އާބާދުގެ. ކ.ތުލުސްދޫ
31- ލީނާ އިބްރާހިމް ރަޝީދު./ މ. ވެލިވަނި
32- އާއިޝަތު ރަފާ ނާޒިމް/ މ.ވައިޓްބެލްތު
33- މޫސާ މުންސިފް އަހްމަދު/ ހ. މިރިހި
މި އަހަރުގެ ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި 34 ބޭފުޅުންގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދައިފައިވާ 8 ބޭފުޅަކާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދައިފައިވާ 23 ބޭފުޅެއްގެ އިތުރުން ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގުވާމީ މިނޫންވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން އިނާމު ހާސިލު ކުރެއްވި ދެ ބޭފުޅުންނެވެ.
ކިޔުންތެރިންގެ ހިޔާލު