ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 825 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި

Mal

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން 825 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

ސަރުކާރުން އެކި ސަރަހައްދުގައި ހިންގާ ތަރައްގީގެ މުހިއްމު 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ސަރުކާރަށް ދެ އަހަރު ފުރެން ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު ސަރުކާރުން ނިންމާފައިވަނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް ބޮޑު ސަމާލުކަމެއް ދިނުމަށް ކަމަށެވެ.

“މިއަދު ތަފާތު 13 ރަށެއްގައި 825 ހައުސިން ޔުނިޓު އެޅުމަށް ސޮއިކުރެވިގެންދިޔައީ. މި 825 ހައުސިން ޔުނިޓަކީވެސް އަޅުގަނޑު އެކި ފަހަރު މަތިން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ފެށޭ މަސައްކަތްތަކެއް،” ރައީސް ވިދާޅުވިއެވެ.

އަތޮޅު ތެރޭގައި ގިނަ އަދަދެއްގެ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކުރެވުނުއިރު، މާލޭ ސަރަހައްދުގައި މިފަދަ ހައުސިން މަަޝްރޫއުތަކެއް ހިންގުމަށް ސަރުކާރުން ތައްޔާރުވަމުންދާކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

“ވަރަށް އަވަހަށް މިފަދަ އެތައް މަޝްރޫއުތަކެއް މާލޭ ސަރަހައްދުގައިވެސް ފެށުމަށް އެދަނީ ތައްޔާރުވަމުން. ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަންކަން ފުރިހަމަކުރެވި މަސައްކަތާ ހަމައަށް ދެވޭނެ،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމާ ގުޅޭގޮތުން އެމަނިކުފާނު ވައުދުވެވަޑައިގަތްގޮތަށް މި އަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ސަރުކާރުގެ އަމާޒަކީ ގައުމަށް ބޭނުންތެރި ހިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ ހެދުން: ރައީސް

Q

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ސަބަބުތައް ރައީސް ސާފުކޮށްދެއްވައިފި

IMG

ރައީސް މުއިއްޒަށް ހުށަހަޅަން ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް ތައްޔާރުކުރަނީ

Oo

ރައީސް މުއިއްޒު ގަލޮޅު އުތުރު ދާއިރާގެ ގެތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވައިފި