ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓެލްކޯގެ ވިއުގަ އަޕްގްރޭޑް ކުރާތީ މިއަދުވެސް މާލެއިން ކަރަންޓް ދާނެ

stelco

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދުވެސް ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

ސްޓްލެއްކޯއިން މިހެން ވިދާޅުވެފައިވަނީ އިއްޔެ އެކުންފުނިން އެކްސްގައި ހިއްސާކުރި ޕޯސްޓްތަކެއްގައެވެ.

އެގޮތުން މިއަދު ހެނދުނު 09:30 އާއި 12:00 އާ ދެމެދު، މާލެ ސިޓީ، ރަތްވިލާ ގޯޅި، ސަބުދެރިޔާ މަގު، ސަތަރު ގޯޅި، ހެލެނބެލި ގޯޅި، ރަށްދެބައި މަގު، އަނޯނާ ގޯޅި އަދި ހަލަވެލި ގޯޅި ހިމެނޭ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

ސްޓެލްކޯއިން ވިދާޅުވީ މި ސަރަހައްދުތަކުން ކަރަންޓް މެދުކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރިއަށް ދާތީ ކަމަށެވެ.

މީގެއިތުރުން އެކުންފުނިން ވަނީ މިކަމާއި ގުޅިގެން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް މާފަށްވެސް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް

ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް “ވަށަނި” އިފްތިތާޙްކޮށްފި

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީނުޕޮރުގުރާމެއް ހިންގައިފި