ކުއްލި ޚަބަރު

ވާނުވާ ބަންދުގައި އަހަރު ދުވަސްވީ މައްސަލަތައް މާޗް މަހަށް ނިންމަނީ

ކުރިން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް އުނިކުރާނަން: ރައީސް

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

އެމްޓީސީސީން ތިންވަނަ ކުއާޓަރުގެ މާލީ ހިސާބު މިމަހު 10ގެ ކުރިން އާންމުކުރަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޑެޓް (އެމްޓީސީސީ)ގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓާއި މާލީ ހިސާބު މިމަހު 10ގެ ކުރިން އާންމުކުރަން އެ ކުންފުނިން ނިންމައިފިއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ގަވައިދު (ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވައިދު) ގެ ދިހަވަނަ މާއްދާގެ (ނ)ގެ ދަށުން މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓު އަދި މާލީ ހިސާބު މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ޝާއިއުކުރަން ޖެހެއެވެ.

އެމްޓީސީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެ ކުންފުނީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބު ނިންމުމުގައި އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

އެހެންކަމުން ތިންވަނަ ކުއާޓަރުގެ ރިޕޯޓު އަދި މާލީ ހިސާބު އެންމެ ލަސްވެގެން މިމަހުގެ ދިހަވަނަ ދުވަހުގެ ކުރިން އާންމުކުރާނެކަން ހިއްސާދާރުންގެ ސަމާލުކަމަށް ގެންނަ ކަމަށް އެމްޓީސީސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

M Moosa Rasheed
Konme Aharakuves Vaavaru

ގުޅުންހުރި

އޭދަފުށީ ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރިއަށްދަނީ

ފޮއްދޫ ބަނދަރުގެ ފަޅު ފުންކުރުމުގެ މަސައްކަތް ކުރިއަށްދަނީ

މަސްމާރުކޭޓް ސަރަހައްދުގައި ހުރި ދޯނިތައް ނަގަން އަންގައިފި

ދުވާފަރުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފަށައިފި

TTH_advertisement