ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ނިއުޔޯކް ސިޓީ މޭޔަރުކަމަށް ބޭފުޅަކު އިންތިޚާބުކުރަން ވޯޓުލާން ފަށައިފި، މަމްދާނީވެސް ވޯޓުލައްވައިފި

ވޯޓޫ ލެއްވުމަށްފަހު މަމްދާނީ ފޮޓޯއަކަށް ހުއްޓިގެން:

މުޅި އެމެރިކާގެ ސަމާލުކަން ލިބިފައިވާ، އެމެރިކާގެ ނިއުޔޯކް ސިޓީގެ މޭޔަރު ކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް އެ ސިޓީގެ ރައްޔިތުން ވޯޓުލަމުން އެބަ ގެންދެއެވެ.

އޮންލައިންކޮށާއި އަދި “އާރލީ” ވޯޓިންއަށްފަހު މިއަދަކީ އާންމުން ނުކުމެ ވޯޓު ލުމުގެ ދުވަހެވެ.

އެމެރިކާގެ ގަޑިން ހެނދުނު 6 ޖެހިއިރު ވޯޓުލުން ފަށާފައި ވާއިރު، ވޯޓުލުން ނިމޭނީ ރޭގަނޑު 9 ޖަހާއިރުއެވެ.

ނިއުޔޯކް ސިޓީއަކީ އެމެރިކާގެ ސިޓީތަކުގެ ތެރެއިން އެންމެ ބައިބޯ ސިޓީއެވެ.

ނިއުޔޯކް ސިޓީގެ މޭޔަރު ކަމުގެ އިންތިޚާބު މުޅި އެމެރިކާގެ ސަމާލުކަމަށް އައީ، މިއިންތިޚާބުގައި މުސްލިމަކު ވާދަކުރައްވާތީއެވެ.

އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމެރީގައި މޭޔަރު ކަމުގައި ހުރި އެންޑްރޫ ކުއޯމޯ ބޮޑު ތަފާތަކުން ބަލިކުރައްވައި ޓިކެޓް ކާމިޔާބު ކުރެއްވީ ޒޮހްރާން މަމްދާނީއެވެ.

މަމްދާނީއަށް އޮތް ތާއީދު ބޮޑުކަމާއި އޭނާ އިންތިޚާބު ކާމިޔާބު ކުރައްވަފާނެތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ޓްރަމްޕްގެ ސަރުކާރުގެ ވެރިންނާއި، އެމެރިކާގެ ސިޔާސީ ބައެއް ފަރާތްތަކާއި، ޚާއްސަކޮށް ޔަހޫދީންގެ ނުފޫޒުގެ ދަށުގައި ތިބޭ ސިޔާސީ ލީޑަރުންނާއި އަދި ޔަހޫދީން ގަނެފައިވާ މީޑިއާތަކާއި، ޔަހޫދީން ފައިސާ ދީގެން ގަނެފައިވާ ނޫސްވެރިން ކެނޑިނޭޅި ދިޔައީ މަމްދާނީއާ ދިމާކުރަމުންނެވެ.

ޒޮހްރާން މަމްދާނީއާ ދެކޮޅަށް އެމެރިކާގެ ޔަހޫދީ ލޮބީ ގްރޫޕްތަކުން ވަރަށް ވަރުގަދަ އެންޓި ކެމްޕެއިނެއް ހިންގާފައި ވެއެވެ.

ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމެރީން ބަލިވި ކުއޯމޯ މޭޔަރު ކަމަށް އަމިއްލަގޮތުން ނުކުތީވެސް ޔަހޫދީން އަޑީގައި ތިބެގެންނެވެ.

ކެންޑިނޭޓުންގެ ބަހުސްގައި އިންތިޚާބު ކާމިޔާބުވެއްޖެނަމަ އެންމެ ފުރަތަމަ ދާނީ ކޮން ގައުމަކަށްތޯ ފުރަތަމަ ސުވާލު ކުރުމަކީވެސް ޔަހޫދީންގެ ނުފޫޒު އޮތްވަރު ހާމަވާ ކަމެކެވެ. މަމްދާނީ ލައްވައި އޭނާއަކީ އިސްރާއީލު ދެކެ ރުޅި އަންނަ މީހެއް ކަމަށް ބުނުވުމަށެވެ.

އެންމެ ކަންބޮޑުވަނީ ކޮން ކަމަކާތޯ ބަހުސްގައި ކުރި ސުވާލުގެ ޖަވާބުގައި މަމްދާނީ ފިޔަވައި، އެހެން ހުރިހާ ކެންޑިޑޭޓުންވެސް ބުނީ އެންމެ ކަންބޮޑުވަނީ އިސްރާއިލާ މެދުގައި ކަމަށެވެ. މަމްދާނީ ބުނީ، އޭނާ އެންމެ ކަންބޮޑުވަނީ ނިއުޔޯކް ސިޓީގެ ރައްޔިތުންގެ ހާލަތާ މެދުގައި ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ގެންދިޔައީ މަމްދާނީއާ ދެކޮޅަށް ކެމްޕެއިންކޮށް އިންޒާރުތައް ދެމުންނެވެ.

ޓްރަމްޕްގެ ތާއީދު އެންޑްރޫ ކުއޯމޯއަށް ދިންކަން އިއުލާން ކުރުމަށްފަހު ޓްރަމްޕްވަނީ، ނިއުޔޯކް ސިޓީގެ ރައްޔިތުން މަމްދާނީ އިންތިޚާބު ކޮށްފިނަމަ މައި ސަރުކާރުން ނިއުޔޯކް ސިޓީއަށް ދޭ ފަންޑު ހުއްޓުވާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

މި ހުރިހާ ގޮންޖެހުންތަކާ އެކުވެސް ނިއުޔޯކް ސިޓީގައި ނެގި ހުރިހާ ޚިޔާލު ހޯދުންތަކުގެ ވޯޓުން އެންމެ ކުރީގައި އުޅުއްވީ މަމްދާނީއެވެ.

މަމްދާނީ ޔަގީންކަމާއެކު ސާފު ނަތީޖާއަކުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ޚިޔާލު ހޯދުންތަކުން ކުރިން ދެއްކި ނަމަވެސް، އެންޓި ކެމްޕެއިންގެ އަސަރުކޮށް އެ ނިސްބަތް ފަހުންވަނީ ކުޑަވެފައެވެ.

ވޯޓުލާން ފެށުމުގެކުރިންވެސް ޓްރަމްޕްވަނީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި މަމްދާނީއަށް ބަހުގެ ހަމަލާދީ، މަމްދާނީއަކީ ޔަހޫދީންނަށް ނަފްރަތުކުރާ މީހެއް ކަމަށާއި، އޭނާއަށް ވޯޓުދޭ ޔަހޫދީއަކީ މޮޔައެއް ކަމަށް ބުނެފައެވެ.

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަމްދާނީ ވިދާޅުވީ، އިންތިޚާބު ކާމިޔާބުކޮށް ނިއުޔޯކް ސިޓީ އޮތީ ތާރީޚްގެ ތެރެއަށް ދިއުމަށް ނުހަނު  ގާތުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަމްދާނީއާ ވާހަކަ ދައްކަން ތައްޔާރު، އެއްބާރުލުން ނުދޭނަމަ މަމްދާނީގެ މަސައްކަތަށް ހުރަސްއަޅާނަން: ޓްރަމްޕް

ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ޒޮހްރާން މަމްދާނީ

މަމްދާނީ ހޯއްދެވި ކާމިޔާބީއަށް ޔޫގަންޑާގެ ޒުވާނުންވެސް އުފާފާޅުކުރަނީ

މަމްދާނީގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ އުފާފާޅުކުރަން ފަށައިފި

ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ޒޮހްރާން މަމްދާނީ ކާމިޔާބު ކުރައްވައިފި

TTH_advertisement