ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.8 މިލިޔަން ފަތުރުވެރިން

Maldivian tourist arrival

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.8 މިލިޔަން ފަތުރުވެރިން ޒިޔާތަށް ކޮށްފައިވާކަމަށް ފާސްހިސާބުތައް ދައްކާއިރު ހުސްވި އޮކްޓޫބަރު މަހު ރާއްޖެއަށް 190،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ އޮކްޓޫބަރުމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ %10.2 އިތުރުވެފައެވެ.

މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އައިސްފައިވަނީ 190،445 ފަތުރުވެރިންނެވެ. މިދިޔަ އަހަރު ރާއްޖެ އައީ 172،621 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.8 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %9.8 އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމު:
• ޗައިނާ: 295،537 ފަތުރުވެރިން
• ރަޝިއާ: 223،857 ފަތުރުވެރިން
• އިނގިރޭސިވިލާތް: 159،615 ފަތުރުވެރިން
• ޖަރުމަނުވިލާތް: 132،394 ފަތުރުވެރިން
• އިޓަލީވިލާތް: 119،261 ފަތުރުވެރިން

އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ ރާއްޖެ އައި ފަތުރުވެރިންގެ %73.8 އެވެ. 2 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ %21.4 އެވެ.

ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި 1286 ތަނެއް ވަނީ ހުޅުވާފައެވެ. މި ހުރިހައި ތަނެއްގެ ބެޑް ކެޕޭސިޓީ 64،994 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister Thoriq

ޗައިނާ، އިންޑިއާ އަދި ރަޝިއާ މާކެޓުން ފްލައިޓްތައް އިތުރުކުރަނީ

Tourists

މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނުން މައްޗަށް

އަންނަ އަހަރުގެ އައިޓީބީ ބާލިންގެ “ހޯސްޓް ކަންޓްރީ” އަކަށް ރާއްޖެ ހަމަޖައްސައިފި

އުލިގަމު ޔޮޓް މެރީނާ ތަރައްޤީކުރަން ހުޅުވާލައިފި