ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވީއައިއޭގެ އައު ޓާމިނަލަށް 22 އެއަރލައިނެއްގެ ޚިދުމަތް ބަދަލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލް, ޓާމިނަލް ހުޅުވުމަށްފަހު އެޓާމިނަލަށް އެއަރލައިންތައް ބަދަލުކުރުމުގެ މަސައްކަތް އެމްއޭސީއެލްއިން ދަނީ ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން ރާއްޖެއަށް ދަތުރުކުރާ 22 އެއަރލައިނެއް މިހާތަނަށް ވަނީ އައު ޓާމިނަލަށް ބަދަލުކޮށްފައެވެ.

ވީއައިއޭގެ އައު ޓާމިނަލަށް އެންމެ ފަހުން ބަދަލުކޮށްފައިވަނީ އެޑުލްވެއިސް އެއަރލައިނެވެ. އޭގެކުރިން އުޒްބަކިސްތާން އެއަރވޭސް، ސިޗުއާން އެއަރލައިން އަދި ޔޫއެސް ބަންގްލާ އެއަރލައިންވެސް ވަނީ އައު ޓާމިނަލަށް ބަދަލުކޮށްފައެވެ.

މިހުރިހާ އެއަރލައިނެއް އައު ޓާމިނަލަށް ބަދަލުކުރުމަށްވެސް ވީއައިއޭގައި ވަނީ ޚާއްސަ ހަފްލާތައް ވަކިވަކިން ބާއްވާފައެވެ. އަދި އެ އެއަރލައިންތަކުން ރާއްޖެއައި ފަސިންޖަރުންނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. މި ޓަރމިނަލުގެ ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވޭ ޚިދުމަތެކެވެ.

މީގެ އިތުރުން، އައު ޓަރމިނަލުގައި ސީޕްލޭންއަށް ޚާއްސަ 24 ޗެކިން ކައުންޓަރ ޤާއިމް ކުރެވިފައިވެއެވެ. ހަމަމިއާއެކު ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ. މިއިން ކޮންމެ އެއިރޯ ބްރިޖަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެއް ކަމަށާއި މިކަމުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ihusan

އެޕްރީލް 1އިން ފެށިގެން އީގޭޓްގެ ޚިދުމަތް ފަތުރުވެރިންނަށް ލިބޭނެ: އިޙުސާން

airport velana

ރާއްޖެ އަންނަން އޮތް ގިނަ ފްލައިޓްތަކެއް މިއަދުވެސް ކެންސަލް

Oo

ނުފުރި ތިބި ފަތުރުވެރިންނަށް ސަރުކާރުން އެހީ ވަނީ

ވީއައިއޭ ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފި