ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

އެފްއޭއެމްގެ މައްޗަށް ހުކުމްކުރި 32،426 ޑޮލަރު ބީހައިވްއަށް ދައްކައިފި

ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް 32،426 އެމެރިކާ ޑޮލަރު ދައްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެފައިސާ ދައްކައިފިއެވެ.

މި މައްސަލައަކީ އެފްއޭއެމްގެ އެދުމުގެ މަތިން ބީހައިވްއިން އެ އެސޯސިއޭޝަނަށް ފޯރުކޮށްދީފައިވާ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން އެފްއޭއެމްގެ ނަމުގައި ބޭންކު އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓުން ބީހައިވްއަށް ދޫކޮށްފައިވާ ޗެކް އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން އަނބުރާ ރައްދު ކޮށްފައިވާތީ، ބީހައިވްއަށް ދައްކައި ހަލާސްކުރަންޖެހޭ 32،426 އެމްރިކާ ޑޮލަރާއި އެ ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ދައްކާފައި ނުވާތީ ބީހައިވްއަށް ލިބެމުންދާ ގެއްލުމުގެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް އެދި ބީހައިވް އިން އެފްއޭއެމްގެ މައްޗަށް ކޮށްފައިވާ ދައުވާގެ މައްސަލައެކެވެ.

މި ދައުވާގައި 32،426 އެމެރިކާ ޑޮލަރު ދޭންޖެހޭ ކަމަށް ބުނާ ބަޔަށް އެފްއޭއެމުން އެއްބަސްވި ނަމަވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން ހުށަހަޅާފައިވާ ދެ ޕަސެންޓަށް އެފްއޭއެމުން އެއްބަސްވެފައެއް ނުވެއެވެ.

އެފްއޭއެމުން ބުނެފައި ވަނީ، ފަހުން ދައްކާގޮތަށް ބީހައިވް އަށް ފައިސާ ދޫކޮށްފައިވީ ނަމަވެސް އެ ފައިސާ ނުދެއްކޭ ހާލަތުގައި ގެއްލުމުގެ ބަދަލު ދިނުމަށް އެއްބަސްވުމުގައި ނޯންނާނެ ކަމަށެވެ.

ދައުވާއަށް ޖަވާބުދާރީވަމުން އެފްއޭއެމުން ބުނެފައި ވަނީ އެ ފައިސާ ދެއްކިފައި ނުވަނީ، އެސޯސިއޭޝަން މާލީގޮތުން ދަށް ވުމުގެ ސަބަބުންނާއި ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ލިބެން ޖެހޭ ފައިސާ އެ ދުވަހާ ހަމައަށް ލިބިފައި ނުވާތީ ކަމަށެވެ.

އެހެންކަމުން ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާ އަކީ އެފްއޭއެމަށް މިހާރު ދިމާވެފައިވާ ހާލަތުން އެކީ އެއްފަހަރާ ދެއްކޭނެ ފައިސާއެއް ނޫން ކަމަށްވާތީ، އެ ދަރަނި އެއް އަހަރު ދުވަހަށް ބަހާލައިގެން ދެއްކުމަށް އަމުރުކޮށް ދިނުމަށް ވެސް އެފްއޭމުން އެދުނެވެ.

އެފްއޭއެމުން އެދުނު އެ ކަންތައްތަކަށް ބީހައިވްގެ ފަރާތުން ދެކޮޅު ހަދާފައި ނުވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހިމަނާފައިވާ ދެ ޕަސެންޓަކީ މައާފު ކޮށްފައިވާ އަދަދެއް ކަމަށް ނިންމައި، ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް އެފްއޭއެމުން ދައްކަން ޖެހޭ 32،426 ޑޮލަރު އެފަރާތަށް ލިބިދިނުމުގެ އެއް އަހަރު ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހެއްގެ 10 ގެ ކުރިން އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދެއްގެ ފައިސާ ބީހައިވް އަށް ދައްކައި ދަރަނި ހަލާސްކުރުމަށް ސިވިލް ކޯޓުން އެފްއޭއެމްގެ މައްޗަށް ހުކުމްކުރީ 31 އޮކްޓޫބަރު 2023 ގައެވެ.

ނަމަވެސް އެ ހުކުމާ އެއްގޮތަށް އެފްއޭއެމްއިން ފައިސާ ނުދައްކާތީ އެ ކުހުމް ތަންފީޒު ކޮށްދިނުމަށް އެދި ބީހައިވްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

އެގޮތަށް ހުށަހަޅާފައި ވަނިކޮށް، ހުކުމާ އެއްގޮތަށް އެފްއޭއެމްއިން ފައިސާ ދައްކައި ހަލާސް ކޮށްފައިވާ ކަމަށް ބުނެ، މުޅި ދައުވާ އަނބުރާ ގެންދިއުމަށް އެދި މިދިޔަ ބުދަ ދުވަހު ބީހައިވް އިން ކޯޓަށް ހުށަހެޅިއެވެ.

އެހެންކަމުން އެފައިސާ އެފްއޭއެމް އިން ދައްކައި ހަލާސްކޮށްފައިވާ ކަމަށް ކަނޑައަޅައި ހުކުމް ތަންފީޒު ވެފައިވާ ކަމަށް ސިވިލް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓޫރިޒަމް ތަރައްގީކުރަން ފުލީދޫން ދޫކުރި ބިން އަތުލާފައިވަނީ ރަނގަޅަށް: ސިވިލް ކޯޓު

justice

އެގްޒޮޓިކް އެންޓަޕްރައިސެސް އިން 47 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

އެފްއޭއެމްގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފި

minivan-champ

އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފި 

TTH_advertisement