ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތް ތާރުއަޅަން ބަންދުކޮށްފި

Mal

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު އާންމު ޓްރެފިކަށް ބަންދުކުރުމަށް ނިންމައިފިއެވެ.

މިގޮތުން ބަންދުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ދައްކުވައިދޭ ޗާޓު އާންމުކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނެފައިވަނީ މި ސަރަހައްދު މިރޭ 8:00 އިން ފެށިގެން ބަންދުކުރެވިފައިވާނެ ކަމަށެވެ.

މާލޭ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާނެއެވެ. އަދި 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. މީގެއިތުރުން ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމްކުރުމާއި، ފެން ހިންދާ ނިޒާމެއްވެސް ޤާއިމްކުރަން ހަމަޖެހިފައިވެއެވެ.

ޑްރެއިނޭޖް ސަރވިސް ލައިން އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މިއީ 144.50 މިލިއަން ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހިތަދޫ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަަސައްކަތް ފަށައިފި

ސ. އަތޮޅު ސްކޫލުގެ އާ އިމާރާތް އެޅުމާއި ހުޅުދޫ އަދި މީދޫގެ ޞިއްޙީ މަރުކަޒު ތަރައްޤީކުރަން ޙަވާލުކޮށްފި

އެމްޓީސީސީން ތިންވަނަ ކުއާޓަރުގެ މާލީ ހިސާބު މިމަހު 10ގެ ކުރިން އާންމުކުރަނީ

ކޮލަމާފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ %92 މަސައްކަތް ނިންމާލައިފި

TTH_advertisement