ކުއްލި ޚަބަރު

ވައިގޮޅިން ވެއްޓި މީހަކު މަރުވެއްޖެ

ޒުވާނުންނަށް ތަމްރީނު ދިނުމުގެ އެއްބަސްވުން އާކޮށްފި

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ޕީއެންސީން ފޯރިގަދަ ބޮޑު ޖަލްސާއެއް ބާއްވަނީ

ޝަރަފުގެ އައްޑަނައިގެ ހައްގުވެރީންނަކީ ދިވެހީން: ރައީސް މައުމޫން

Original 1762177417170

ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްޞަ އައްޑަނައިގެ ޙައްޤުވެރި ވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ ވަނީ އަރުވާފަ އެވެ. އެމަނިކުފާނަށް މި އައްޑަނަ އަރުވާފައިވަނީ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމީ ޖަލްސާގަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވަނީ ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އެމަނިކުފާނަށް ދެއްވިކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު މުޢިއްޒަށްނުހަނު އިޚްލާޞްތެރި ކަމާއެކު ޝުކުރުދަންނަވާ ކަމުގައި ވިދާޅުވެފަ އެވެ.

“..އަޅުގަނޑުގެ ނަޒަރުގައި މިފަޚުރުވެރި އައްޑަނައިގެ ޙައްޤުވެރި ވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުން,” ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނީ އެ އައްޑަނަ އެރުވުމަށް ރައީސް ނިންމެވީ ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި އޭރުގެ ރައީސް މައުމޫން ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ކަަމަށެވެ.

ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20251104 194211

ފުވައްމުލަކު ސީޓީ ސްކޭންގެ ޚިދުމަތް ރައީސް މުޢިއްޒު ފަށްޓަވައިދެއްވައިފި

muiz

ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސް އައްޑު އަތޮޅަށް

raees muiz

ރައްޔިތުން ބޭނުންވާ ގޮތަށް ހުޅުދޫ އާއި މީދޫ ވަކި ކައުންސިލްތައް އުފައްދަން ރައީސް ނިންމަވައިފި

Img md 202511030746521762181212.4055

އަސްކަރީ ހުށަހެޅުމުގެ ހަރަކާތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

TTH_advertisement