ނޮވެންބަރު 3 ވަނަ ދުވަހުގެ ނަޞްރު ސާބިތުކޮށްދެނީ ދިވެހީންގެ ކެރުމާއި ހިތްވަރާއި، ޤައުމަށާއި ދީނަށްޓަކައި ހުރި ލޯތްބާއި ވަފާތެރިކަންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފާސްޓް ލޭޑީ ވިދާޅުވީ، ޖާނާއި ލެއިން ޤުރުބާންވާން ތިބި ޢަޒުމުވަރުގަދަ ދަރީން އަބަދުވެސް މި ފަސްގަނޑުގައި ތިބޭނެކަމަށާއި، ޤައުމީ ކޮންމެ ކަމެއްގައި މިއީ އީމާންތެރި އެއްބައިވަންތަ ބަޔެއްކަމަށެވެ. ތާއަބަދު ނަޞްރާއި ނަސީބު، ފާގަތިކަމާއި ހަމަޖެހުން މި ޤައުމުގައި ދެމެހެއްޓެވުން އެދި އެކަމަނާ ދުޢާކުރެއްވިއެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން ނުރައްކާތެރި ޢުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލުމުގައި ދިވެހި ސިފައިންނާއި ރައްޔިތުންގެ އެއްބައިވަންތަކަމާއި ޤުރުބާނީ މުހިންމު ދައުރެއް އަދާކުރިއެވެ. މި ހަމަލާގައި 19 ދިވެހީން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 8 ސިފައިންނާއި 11 އާންމު ރައްޔިތުން ހިމެނެއެވެ. އަދި 39 ދިވެހީން ޒަޚަމުވެ، އެތައް ބަޔަކަށް ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު