ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައު ޓާމިނަލްގެ ފިނި ހުރީ 15 ޑިގްރީ، އެތަން މާ ފިނި: ނަޝީދު

ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލް މާ ފިނިކަމަށާއި، އެހެންކަމުން ކުރެވެނީ ބޭކާރު ޚަރަދުތަކެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

“އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އައު ޓާމިނަލްގެ ފިނިހޫނުމިން ހުރީ 15 ޑިގްރީ ސެލްޝިއަސްގައި ކަމުން، އެތަން މާ ފިނި ކަމަށެވެ.

އޭގެ ބަދަލުގައި އެތަނުގެ ފިނި ހޫނުމިން 20 އާއި 25 ދެމެދުގެ ޑިގްރީގައި ބެހެއްޓުމަކީ މާ ބޮޑަށް ވެސް ހަމަޖެހޭ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އައު ޓާމިނަލް ބޭނުންކުރަން ފެށީ މި އަހަރުގެ މިނިވަން ދުވަހާއި ދިމާކޮށެވެ. އޭގެ ފަހުން އެ ޓާމިނަލަށް ހުރިހާ އެއާލައިނެއް ބަދަލުކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން އަދިވެސް ދަނީ ކުރަމުންނެވެ. އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރި 78 ހާސް އަކަ މީޓަރުގެ ޓާމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓާމިނަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

velaana airport macl

ފަސް މަންޒިލެެއްގެ ފްލައިޓުތަކާއެކު ރާއްޖެއަށް އިތުރު ފްލައިޓުތައް ފަށައިފި

އެއާޕޯޓަށް ލިބޭ ކުރިއެރުމަކީ ޤައުމަށް ލިބޭ ކުރިއެރުމެއް: ޝަރީފް

Big rjt1zscc75ikihkaqcmruhctj

މިދިޔަ އަހަރު ޕްރައިވެޓް ޖެޓް އަދި ޗާޓަރ ކޮށްގެން 1289 ދަތުރު ކުރި

airport

މިދިޔަ އަހަރު ބައިނަލްއަޤްވާމީ އެއާލައިންތަކުން ރާއްޖެއަށް 15،000 ދަތުރު