ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

މިފްކޯގެ 23 އައިސްޕްލާންޓަކުން މިހާރު ޚިދުމަތް ލިބޭނެ: ފަރުހަތު

mifco ceo faruhath

ރާއްޖޭގެ އެކި ސަރަޙައްދުތަކުން 23 އައިސްޕްލާންޓަކުން މިހާރު މަސްވެރިނަށް ޚިދުމަތް ލިބޭނެކަމަށް މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ފަރުހަތު ޝަހީރު ވިދާޅުވެއްޖެއެވެ. ފަރުހަތު މިހެން ވިދާޅުވީ ދ. އަތޮޅު މީދޫގައި މިފްކޯއިން ޤާއިމްކުރި 30 ޓަނުގެ އައިސްޕްލާންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެއެވެ.

މި އައިސްޕްލާންޓަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، “މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން” މި ވަޢުދުފުޅު ފުއްދެވުމުގެގޮތުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ މިފްކޯގެ އަމާޒަކީ މަސްވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން އައިސްޕްލާންޓުގެ ޚިދުމަތަކީ މަސްވެރިންނަށާއި މިފްކޯއަށް ވެސް އަދި ރާއްޖޭގެ އެހެން މަސް ގަންނަ ފަރާތްތަކަށް ވަރަށް މުހިންމު ޚިދުމަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

ފަރުހަތު ވިދާޅުވީ ކަނޑުމަސްވެރިކަމާއި ފަރުމަސް އަދި ބޮޑު ކަންނެލި މަސްވެރިކަންކަމުގައިވިއަސް އެ މަސް ގަންނަ ފަރާތްތަކުން ބޭނުންވަނީ ތާޒާކަމާއެކު މަސް ގަތުމަށްކަމަށެވެ. އެހެންކަމުން މި އައިސްޕްލާންޓުތައް ބޭނުންކޮށްގެން މަހުގެ ތާޒާކަން ހިފަހައްޓަކައި އެ ބޭނުންކުރާ މީހުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަން އޭނާ ފަހަގަކުރެއްވިއެވެ.

ފަރުހަތު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭނުންނުކޮށްހުރި އެތައް އައިސްޕްލާންޓުތަކެއް ހުރިކަމަށެވެ. ފާއިތުވި ތިން މަސްދުވަހަށް ބަލާއިރު މިފްކޯގެ ހަވާލުގައި ރާއްޖޭގެ އުތުރުން ދެކުނަށް މަސްވެރިންނަށް ޚިދުމަތް ލިބޭ ހުރީ އެންމެ 13 އައިސްޕްލާންޓު ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ސަރުކާރުން ކުރެއްވި މަސައްކަތްތަކުން އޮޕްރޭޝަނަށް ނުގެނެވި ހުރި އައިސްޕްލާންޓުތަކާއި އަދި އަލަށް ޤާއިމްކޮށް ޚިދުމަތް ދޭން ފެށުނު އައިސްޕްލާންޓުތަކާއެކު މިހާރު ޖުމްލަ 23 އައިސްޕްލާންޓަކުން މަސްވެރިންނަށް ޚިދުމަތް ލިބޭނެކަމަށް ފަރުހަތު ވިދާޅުވިއެވެ.

“މިއަދު އުފަލާ އެއްކޮށް އަޅުގަނޑުމެން ދަންނަވަން ޖެހޭނީ ސަރުކާރުން ކުރެއްވި މަސައްކަތުން އަޅުގަނޑުމެން މިއަދު މިހުޅުވޭ ޕްލާންޓާއެކު މުޅި ރާއްޖޭގެ އުތުރުން ދެކުނަށް 23 އައިސްޕްލާންޓްގެ ޚިދުމަތް އަޅުގަނޑުމެން މަސްވެރިންގެ ކޮމިއުނިޓީއަށް ލިބެމުންދާނެކަން.” ފަރުހަތު

މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ މިފްކޯގެ މަސައްކަތަކީ ހަމައެކަނި އައިސްޕްލާންޓުތައް ޤައިމްކޮށް ދޫކޮށްލުން ނޫންކަމަށެވެ. އެތަންތަނުގެ އޮޕަރޭޝަނަލް ހާލަތު ބަލަހައްޓައި އޭގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި މަސްވެރިންނާ ހަމަ ފޯރުކޮށްދިނުމަކީ މިފްކޯގެ ޒިންމާއެއްކަމަށް ފަރުހަތު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް ގާއިމްކޮށް މަސްވެރިންނަށް ފަސޭހަކަމާއިއެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް ކުރުކޮށްދިނުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަނޑިދޫގައި މިފްކޯއިން ޤާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓު ހުޅުވައިފި

Mal

އުތުރުގެ މަސްވެރިންނަށް އުފާވެރިކަން، ފުނަދޫގައި 30 ޓަނުގެ އައިސް ޕްލާންޓެއް ހުޅުވައިފި

1234

ސިނގިރޭޓް ވައްކަމުގައި ތުހުމަތު ކުރެވޭ މުއާޒް މިފްކޯއިން ސަސްޕެންޑުކޮށްފި

112

ޗައިނާގެ ފެއާއެއްގައި މިފްކޯގެ އުފެއްދުންތައް ޕްރޮމޯޓުކުރަނީ

TTH_advertisement