ކުއްލި ޚަބަރު

ވާނުވާ ބަންދުގައި އަހަރު ދުވަސްވީ މައްސަލަތައް މާޗް މަހަށް ނިންމަނީ

ކުރިން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް އުނިކުރާނަން: ރައީސް

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

ދައުލަތުން އިއްޒަތް އެރުވި ބޭފުޅުންނަށް ފުރަތަމަ ފަހަރަށް ހެލްތު އިންޝުއަރެންސް ބަޖެޓުގައި ހިމަނައިފި

ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދިނުމަށް އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ހިމަނައިފިއެވެ.

ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ހިމެނޭ ހިސާބުތަކަށް ބަލާއިރު، ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް އިންޝުއަރެންސް ދިނުމަށް 1.2 މިލިއަން ރުފިޔާ ބަޖެޓްގައި ވަނީ ހިމަނައިފައެވެ.

މިއީ އެފަދަ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދިނުމަށް ދައުލަތުގެ ބަޖެޓުގައި ހިމެނި ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތް ދެ އަހަރު ވެސް މި އިނާޔަތް ބަޖެޓުގައި ހިމަނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ދައުލަތުން މިހާރު އަރުވާ އިއްޒަތްތަކަކީ، ދައުލަތުގެ އިއްޒަތް، ދައުލަތުގެ މަތިވެރި އިއްޒަތް އަދި ދައުލަތުގެ އެންމެ މަތިވެރި އިއްޒަތެވެ.

ދައުލަތުގެ އިއްޒަތް މިހާތަނަށް 39 ބޭފުޅަކަށް އަރުވާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

school darivarun

ދަރިވަރުންނަށް ކްލާހުގައި ފޯނު ބޭނުން ނުކުރެވޭނެ

އަޚުލާގީ މިންގަނޑަށް ވުރެ ދަށްކޮށް ހެދުން އަޅާތީ އުސޫލު ބަދަލުކުރަނީ

Mm

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދަނީ

ހުޅުމާލެ ދެ ފިޔަވަހީގައި ސްޕޯޓްސް ކޮމްޕެލްސް އިމާރާތް ކުރަނީ

TTH_advertisement