ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެން އެކުގައި މަސައްކަތްކުރާނަމަ، ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަގުފަހިވެގެންދާނެ: ނައިބު ރައީސް

STO_Ads
TTH_Ads
Advertisement

އެންމެން އެކުގައި މަސައްކަތްކުރާނަމަ، ތަރައްޤީގެ ލަނޑުދަނޑިތައް ފަސޭހަކަމާއެކު ޙާޞިލުކުރުމަށް މަގުފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރ. މީދޫ ސްކޫލް ހޯލުގައި މިރޭ ބޭއްވި، އެ ރަށު ކައުންސިލުން ދެއްވާ “މަހާސަނަދު” އެވޯޑުދިނުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

“މަހާސަނަދު” އެވޯޑަކީ މީދޫ ކައުންސިލުން އިސްނަންގަވައިގެން، އެކި ދާއިރާތަކުން އެކި ގޮތްގޮތުން ރަށަށް ޚިދުމަތްކުރައްވާ ފަރާތްތަކުގެ އަގުވަޒަންކޮށް، ތަފާތު ރޮނގުރޮނގުން ރަށަށް ރީތި ނަން ހޯއްދަވައިދެއްވާ ފަރާތްތަކަށް ހިތްވަރުދެއްވުމުގެ މަޤްޞަދުގައި ދެއްވާ އެވޯޑެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަކީ، ރަށަށް އޮންނަ ލޯތްބާއި ރަށަށް ރީތިނަން ހޯދައިދީ، ރަށަށް ޚިދުމަތްކުރުމުގެ ޢަޒުމް ރަށުގެ ރައްޔިތުންގެ ހިތުގައި އުފެދި، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، އެއްބައިވަންތަކަމުގެ ގުޅުން ބަދަހިވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

މިރޭގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ “މަހާސަނަދު” ގެ ޝަރަފުވެރި އެވޯޑުތައް ހާސިލުކުރެއްވި ފަރާތްތަކަށް އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ. އެ ގޮތުން ތައްޚާން އެވޯޑް ލިބިވަޑައިގެންނެވި 4 ބޭފުޅުންނަށާއި، ކަލޭފާނު އެވޯޑް ހާސިލުކުރެއްވި 4 ބޭފުޅުންނަށާއި، މަދަދު އެވޯޑް ލިބިވަޑައިގެންނެވި 2 ބޭފުޅުންގެ އިތުރުން ނަލަނަލަ މީދޫ އެވޯޑް ހަވާލުކޮށްދެއްވާފައިވެއެވެ.

މީގެއިތުރުންވެސް މި ޙަފުލާގައި، ތަޢުލީމީ ރޮނގުން ދޭ “ނޫރާނީ” ފިލާ 10 ބޭފުޅަކަށް، ދިވެހި ދައުލަތަށް 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ދެވޭ “އަބުރުވެރި ހާކިމާގެ” ފިލާ 11 ބޭފުޅަކަށް، ތަޢުލީމީ ދާއިރާއިން ދެވޭ “ނޫރާނީ” އެވޯޑް 9 ބޭފުޅަކަށް، އަދި “ފަންނުވެރިން” ގެ ފިލާ ލިބިވަޑައިގެންނެވި ފަރާތްތަކަށް އެފިލާ ޙަވާލުކޮށްދެއްވާފައިވެއެވެ.

މި ހަފުލާގައި އިނާމު ޙާސިލުކުރެއްވި ހުރިހާ ބޭފުޅުންނަށް ހިތުގެ ފުންމިނުން ތަހުނިޔާއާއި މުބާރަކުބާދު ދަންނަވައި، އެބޭފުޅުންގެ އަގުހުރި މަސައްކަތްޕުޅުތައް ހުއްޓަވައިނުލައްވައި ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހިތްވަރުދެއްވާފައެވެ. މި ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މީދޫއަށް ވަޑައިގެންނެވުމުން އެ ރަށުން އެ މަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި މިއަދު ހަވީރު މީދޫ ރަށު ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައިވެއެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖަރުމަނަށް

election

މީދޫ ކައުންސިލް ރައީސް ހޮވުން: ވޯޓާސް ލިސްޓުގައި ސޮއިކުރުން މިއަދު

naaib raees

އަޟުޙާ ޢީދު ފާހަގަކުރާއިރު އެކުވެރި ބަޔަކަށްވުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފި

Igmh

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަށް ނައިބު ރައީސް ގޮވާލައްވައިފި