ކުއްލި ޚަބަރު

ގއ. އަތޮޅު ޑްރަގް ނެޓްވޯކްގެ މެންބަރުންގެ އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފައި: ފުލުހުން

މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ވޮލީ ކޯޗެއްގެ މައްސަލަ ބަލަނީ

11 އަހަރުގެ ޚިދުމަތަށްފަހު ޑރ. އާސިޔަތު ޕްރިންސިޕަލްކަމުން އިސްތިއުފާދެއްވައިފި

Mal

އައްޑޫ ސިޓީ ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީ އިސްތިއުފާ ދެއްވައިފިއެވެ.

ޑރ. އާސިޔަތު އިސްތިއުފާދެއްވީ ހިތަދޫ ސްކޫލުގެ ޕްރިންސިޕަލެއްގެ ގޮތުގައި 11 އަހަރު ޚިދުމަތް ކުރެއްވުމަށްފަހުއެވެ.

ހިތަދޫ ސްކޫލްގެ ޕްރިންސިޕަލަކަށް ވަޑައިގެންނެވުމުގެ ކުރިން ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުން ދެ އަހަރު ދުވަހު އެ ސްކޫލުގައި ޑރ. އާސިޔަތު ޚިދުމަތް ކުރެއްވިއެވެ.

ދޮޅު އަހަރެއްހާދުވަހު ޝަރަފުއްދީންގައި މަސައްކަތްކުރެއްވުމަށް ފަހު ޔުނިވާރސިޓީ އޮފް މަލަޔާއިން ޑރ. އާސިޔަތު ވަނީ މާސްޓާސް އޮފް އެޑިއުކޭޝަނަލް މެނޭޖްމަންޓް ހާސިލްކުރައްވާފައެވެ. ހިތަދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްކަމުގެ މަގާމު ފުރުއްވީ މާސްޓާސް ނިންމަވާލެއްވުމަށްފަހުއެވެ.

ޑރ. އާސިޔަތު ދެން ޚިދުމަތް ކުރައްވާނީ އައްޑޫގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ)ގެ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

117

ވިއްސާރައިގައި ގެއްލުން ލިބުނު ގެއެއްގެ ފުރާޅު، ފުލުހުން މަރާމާތުކޮށްދީފި

990

ހިތަދޫ ފްލެޓަކުން ވެއްޓުނު ކުއްޖަކަށް ފަރުވާދެނީ

TTH_advertisement