ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބައްސާމްގެ މައްޗަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި، ޖޫރިމަނާކޮށްފި

Mal

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިތުރު ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އޭނާއަށް އެ ހުކުމް އިއްވީ އެފްއޭއެމްގެ 10،000 އެމެރިކާ ޑޮލަރަށް ޚިޔާނާތްވެ، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ކުށް ސާބިތުވުމުންނެވެ.

ފަސް އަހަރަށް ޖަލަށްލުމާއެކު 154،000ރ. އިން ކްރިމިނަލް ކޯޓުން ވަނީ ބައްސާމް ޖޫރިމަނާކޮށްފައެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމުގައި ބައްސާމް ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާއަށް ހިިޔާނާތެރިވި ކަމުގެ ކުށް މީގެ ކުރިން ބައްސާމްގެ މައްޗަށް ސާބިތުވެފައިވެ އެވެ.

އެ ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް މި މަހުގެ 8 ވަނަ ދުވަހު ވަނީ އިއްވާފައެވެ.

ދައުލަތުން އެ ދައުވާ ބައްސާމްގެ މައްޗަށް ކުރީ އެ ފައިސާ، މާރުކުރުމުގެ ބަދަލުގައި އޭނާގެ ރެހެންދި ފްލެޓަށް ކުލި ދައްކަން ބޭނުންކޮށްފައިވާތީއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ކުރެއްވި ހުކުމްގައި ވަނީ ޑޮލަރު މާރުކުރުމުގެ ނަމުގައި އެފްއޭއެމުން އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާ ބައްސާމް ބޭނުންކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ. އަދި އެއީ ހިޔާނާތުގެ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ވެސް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ނައީމާ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަވާޒު ޝަރުތުތަކާއެކު ދޫކޮށްލައިފި

Iu

ބައްސާމް އަނެއްކާވެސް ޖަލަށް ބަދަލުކޮށްފި

Mussss

މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް

Mussss

ކަތިވަޅިއަކުން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަލަށް