ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާސްޓާސްއަށް ކިޔަވާ ދަރިވަރުންނަށް މައުމޫން ފައުންޑޭޝަނުން ސްކޮލަރޝިޕްގެ ފުރުސަތު

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މާސްޓާސް އަށް ކިޔަވަމުންދާ ދަރިވަރުންނަށް މައުމޫން ފައުންޑޭޝަނުން ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގެ ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތައް ހޯދައިދިނުމަށް މައުމޫން ފައުންޑޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމްގައި މާސްޓާސް ކިޔަވާ ދަރިވަރުންނަށް މައުމޫން ފައުންޑޭޝަނުން ވަނީ 3 ދާއިރާއަކުން ސްކޮލަރޝިޕަށް ހުޅުވާލާފައެވެ.

ސްކޮލަރޝިޕް ހުޅުވާލެވިފައިވާ 3 ދާއިރާ:

މާސްޓާސް އޮފް ފިޤްހު
މާސްޓާސް އޮފް އާޓްސް އިން ޤުރުއާނިކް ސައިންސަސް
މާސްޓާށް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖެ، ލީޑާރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން

މި ސްކޮލަރޝިޕަށް ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޔުނިވަރސިޓީންނެވެ. އަދި ސްކޮލަރޝިޕަށް ޚަރަދުކުރާނީ، މައުމޫން ފައުންޑޭޝަނުންނެވެ.

ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެ ފައުންޑޭޝަނުން މިހާރުވެސް އަންނަނީ ގިނަ މަސައްކަތްތަކެއްކުރަމުނެނެވެ.

މައުމޫން ފައުންޑޭޝަނުން ކޮށްފައިވާ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ދަރިވަރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސްކޮލަރޝިޕް ފުރުސަތު ހޯދައިދިނުމާއި، ރަމަޟާންމަސް އިޙްޔާކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ދީނީ އެކި މަޢުޟޫތަކަށް ފޮތް ލިޔުއްވާ، ޝާއިޢުކުރައްވާ، އާންމުންނަށް ލިބޭނޭގޮތް ހައްދަވައި ދެއްވުމާއި، ބައެއް ޔުނިވަސިޓީ އަދި ލައިބްރަރީ ފަދަ ތަންތަނަށް ފޮތް ހަދިޔާކުރުން ހިމެނެއެވެ.

މީގެ އިތުރުން، ކޮލެޖް ޔުނިވާރސިޓީ ތަންނަނުން ހިންގާ ތަޢުލީމީ ޙަރަކާތްތަކުގައި ބައިވެރިވެ އެހީވެދިނުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees maumoon

މުއުމިނުންގެ މެދުގައި އޮންނަ ގުޅުން ވާންވާނީ އަހުންވަންތަ ރީތި ގުޅުމަކަށް: ރައީސް މައުމޫން

raees maumoon

ރޯދަމަހު އުޙުވަތްތެރިކަން އިސްކުރަން ޖެހޭ: ރައީސް މައުމޫން

maumoon foundation

މައުމޫން ފައުންޑޭޝަނުން މި އަހަރު ވެސް އިޙްޔާ ފޯރަމް ބާއްވަނީ

Big YlERbzxqbKSdBD8sxp7Z47qVC

އެމްއެންޔޫއާއި މައުމޫން ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި