ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމް.ޕީ.އެލް އިން އިންޒާމްކުރާ “މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް” އޭޕްރީލްގައި ބާއްވަނީ

MPL
Maldivian_Ads
STO_Ads
TTH_Ads
Advertisement

މޯލްޑިވްސް ޕޯޓްސް ލިިމިޓަޑް (އެމް.ޕީ.އެލް) އިން އިންތިޒާމްކުރާ “މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް”ގެ 2 ވަނަ އެޑިޝަން 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް މެރިޓައިމް ކޮންފަރެންްސްއަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަަރުންނާއި ދާއިރާއާ ގުޅުންހުރި ފަރާތްތައް ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސްއެކެވެ. އެމް.ޕީ.އެލްއިން އެންމެ ފުރަތަމަ މި ކޮންފަރެންސް އިންތިޒާމްކުރީ 2024 ވަނަ އަހަރެވެ. އެ އަހަރުގެ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްއަށް ބޮޑު ތަރުހީބެއް ލިބުނެވެ.

މި ކޮންފަރެންސްގެ 2 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. މި ފަހަރުގެ ކޮންފަރެންސްގައިވެސް މެރިޓައިމް ދާއިރާއިން ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ ތަޖުރިބާކާރުންނާއި ރާއްޖޭގެ ތަޖުރިބާކާރުން ސްޕީކަަރުންގެ ގޮތުގައި ބައިވެރިވާނެއެވެ.

HajjCop_ads
Advertisement

މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ 2 ވަނަ އެޑިޝަންގެ މައިގަނޑު ތީމަކީ “ސެކިއުރިޓީ، ސޭފްޓީ އެންޑް ސަސްޓޭނަބިލިޓީ” އެވެ.

އަންނަ އަހަރުގެ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ ޕާޓްނަރުންގެ ގޮތުގައި މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ކޯސްޓް ގާޑް)، ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އަދި އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޯޓްސް އެންޑް ހާބާރސް (އައި.އޭ.ޕީ.އެޗް) މިހާރު ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސް ސްޕޮންސަރކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލެވިފައެވެ. ސްޕޮންސަރކުރުމަށް ނުވަތަ ޕާޓްނަރއަކަށްވުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލްކުރެއްވުން ނުވަތަ 3039030  / 303 9031  އަށް ގުޅުއްވުމަށް އެމްޕީއެލް އިން އެދެމެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Img md 202609170434211789644861.1978

އެމްޕީއެލްގެ މުވައްޒަފެއް ސިންގަޕޫރުގެ ކޯހެއްގައި ބައިވެރިވެއްޖެ

Ha. Uligan

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

MPL

އެމްޕީއެލްގެ ހަރަދު ކުޑަކޮށް ސާފު ފައިދާ ދެގުނަ އިތުރުކޮށްފި

GlxArJuaYAE0be5 1024x683

އެމްޕީއެލަށް މިދިޔަ އަހަރު ލިބުނު ފައިދާ އިތުވެއްޖެ