މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު ޒަމްއަތު އަހުމަދު ވަހީދު މިއަދު ހޮވައިފިއެވެ.
ގާނޫނު ބުނާގޮތުން އެ ކޮމިޝަންގެ ރައީސް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި ނަމަވެސް ނާއިބު ރައީސްކަމަށް ބޭފުޅަކު ހޮވާނީ ކޮމިޝަންގެ ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރުންގެ ތެެރެއިންނެވެ.
އެގޮތުން އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޝައުގުވެރިވާ މެމްބަރުން ކުރިމަތިލުމަށް ކޮމިޝަންގެ ދެވަނަ ބައްދަލުވުމުގައި ފުރުސަތު ހުޅުވާލުމުން ހުށަހެޅުއްވީ ބްރޯޑްކާސްޓިން ކެޓަގަރީން މީޑިއާ ކޮމިޝަނަށް ހޮވިވަޑައިގެންނެވި ޒަމްއަތާއި އެ ކޮމިޝަންގައި އޮންލައިން މީޑިއާތައް ތަމްސީލު ކުރައްވާ ހުސެއިން ސަގީފެވެ.
ނައިބު ރައީސްގެ މަގާމަށް ޒަމްއަތު ހޮވިވަޑައިގެންފައި ވަނީ ހަތަރު ވޯޓުންނެވެ. އަދި ސަގީފަށް ލިބިވަޑައިގަތީ ތިން ވޯޓެވެ.
މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަންގައި ތިބެނީ ހަތް މެންބަރުންނެވެ. އޭގެ ތެރެއިން ތިން މެންބަރުންގެ އިތުރުން އެ ކޮމިޝަންގެ ރައީސް އައްޔަންކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ.
މީޑިއާ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުން:
- މުހައްމަދު ފަރުޝަތު – ރައީސް
- ސަފާ ޝަފީޤު
- އާމިނަތު ސަރާހަތު އިއްޒަތު
- ހުސައިން ޘަގީފް އިހުސާން
- ސިމާހާ ނަސީމް
- ޒަމްއަތު އަހްމަދު ވަހީދު
- އަބްދުލްއަޒީޒް އިބްރާހީމް
ކިޔުންތެރިންގެ ހިޔާލު