ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުދޫ، މީދޫގެ ރައްޔިތުންގެ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކޮށްފި

އައްޑޫ ހުޅޫދޫ އާއި މީދޫގެ ރައްޔިތުން އިދާރީ މިނިވަންކަން ހޯދުމަށް ކުރަމުންދިޔަ 15 އަހަރުވީ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު އެދެރަށުގައި ނެގި ފެންނަ ނުފެންނަ ވޯޓާއެކު ރައްޔިތުން އެދުނު ކަންތައް ވަނީ ހާސިލްވެފައެވެ. ދެ ރަށުގެ ރައްޔިތުންގެ އަޣުލަބިއްޔަތުން ދެ ރަށުގައިވެސް ވަކި ކައުންސިލްތައް އުފައްދަން ވަނީ ރުހުންދީފައެވެ. މިކަން އެ ދެ ރަށުގައި ކުލަގަދަކޮށް ވަނީ ފާހަގަކޮށްފައެވެ.

ހުޅުދޫ އާއި މީދޫގެ ރައްޔިތުން ގުޅިގެން ބޭއްވި މި ހަރަކާތަކީ ރައްޔިތުންގެ މަޖިލީހުގައި އެދެރަށް ތަމްސީލް ކުރައްވާ މެންބަރުން ކަމަށްވާ، މުޙައްމަދު ޝާހިދާއި ޢަބްދުއްރަހުމާން އިސްނަންގަވައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ހުޅުމީދޫ މެދު ބަނދަރުގައި ބޭއްވި މި ހަރަކާތުގައި ހުޅުދުއާއި މީދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ގިނަ ރައްޔިތުން ބުނީ މިއީ އެ ދެ ރަށުގެ ރައްޔިތުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި އާދޭހަށް ނިމުމެއް އައި ދުވަހެއް ކަމަށެވެ. ސިޓީ ކައުންސިލެއްގެ ދަށުން ރަށްތައް ހިންގަމުން އައީ އަވަށްތަކުގެ ގޮތުގައި ކަމަށާއި ބޭނުންވަނީ ރަށެއްގެ ލަގަބު އަނބުރާ ހޯދަންކަން އެ ރައްޔިތުން ފާހަގަކުރިއެވެ.

“މި ސިޓީ (އައްޑޫ ސިޓީ) ހެދިގެން ދިޔައީ އަޅުގަނޑުމެންގެ މައިނޯރިޓީ ހަތް ޕަސެންޓުގެ ވޯޓުން. އެ ދުވަހު މީދޫގެ ރައްޔިތުން ބޮޑު އަޣުލަބިއްޔަތަކުން ނޫނެކޭ ބުނި. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް މަސައްކަތް ކުރަމުންދިޔައީ މި މިނިވަންކަން ހޯދަން. މިއީ ބްރިޖަކަށްވުރެވެސް މުހިންމު ކަމެއް. މިއީ ތަރައްގީގެ ބޮޑެތި ބިޔަ މަޝްރޫއުތަކަށްވުރެވެސް އަޅުގަނޑުމެންނަށް މުހިންމު ކަމެއް،” މީދޫ ރައްޔިތަކު ބުންޏެވެ.

ހުޅުދޫ އަދި މީދޫގެ ގިނަ ރައްޔިތުން އިދާރީ މިނިވަންކަން ސިފަކުރަނީ ދެ ރަށަށް ލިބުނު މިނިވަންކަމެއްގެ ގޮތުގައެވެ.

“ރައްޔިތުން ނިންމި މި ނިންމުމަކީ އަޅުގަނޑުމެންނަށް ލިބުނު ބޮޑު ކާމިޔާބީއެއް. އަޅުގަނޑުމެންގެ މިނިވަންދުވަސް މިއީ. އަޅުގަނޑުމެން މި ދުވަސް 25-10-2025 މި ދެ ރަށޫގެ މިނިވަން ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރާނަން،” ހުޅުދޫއިން ޚިޔާލު ފާޅުކުރި ރައްޔިތަކު ބުންޏެވެ.

އައްޑޫ ސިޓީގެ 3 ރަށެއްގައި މިދިޔަ ހޮނިހިރު ދުވަހު ނެގި ވޯޓުގައި އެ އަތޮޅުގެ ފޭދޫ ރައްޔިތުން ވަނީ އިދާރީގޮތުން ވަކިވެ، ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް ތާއީދުކޮށްފައެވެ. އަދި ހުޅުދޫ އާއި މީދޫގެ ރައްޔިތުން ނިންމީ ވަކި ކައުންސިލްޔތައް އުފެއްދުމަށެވެ. މީގެ ސަބަބުން ދެ ރަށުގެ ތަރައްގީ ހަލުވިވެ، ދެ ރަށަށް ކުރިއެރުން ލިބޭނެ ކަމަށް އެ ދެ ރަށުގެ ރައްޔިތުންވެސް ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

441373 ed603bdd a

ހުޅުމީދޫ އާއި ހިތަދުއާ ގުޅުވާލާ ބްރިޖްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

Mal

ހުޅުދޫ އާއި މީދޫ ދެންވާނީ ދުބާއީ އާއި އަބޫދާބީއަށް: މެންބަރު ޝާހިދު

ހުޅުދޫ އަދި މީދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފި

ހުޅުމީދޫގައި އިސްލާމިކް ބޭންކު އޭޓީއެމްގެ ޚިދުމަތް ފަށައިފި

TTH_advertisement