ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ކާމިޔާބީ ފާހަގަކުރަން ހުޅުދޫ އާއި މީދޫގައި ހަވާ އަރުވަނީ

Dd

އައްޑޫގައި އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓުގައި، އައްޑޫ ސިޓީ ކައުންސިލާ ވަކިވެ، މީދު އާއި ހުޅުދުއަށް ވަކި ކައުންސިލެއް ބޭނުންވާ ކަމަށް އެ ދެ ރަށުގެ ރައްޔިތުން ނިންމުމާ ގުޅިގެ އުފާ ފާޅުކުރުމުގެ ގޮތުން މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.

ހުޅުދޫން ވޯޓުލީ މީހުންގެ 67 ޕަސެންޓް ނިންމީ ވަކިން ރަށު ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން 83 ޕަަސެންޓް މީހުން ވޯޓުދިނެވެ.

މިރޭ ހަވާ އަރުވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ގުޅިގެންނެވެ. ހަވާ އެރުވުމާއެކު ބާއްވާ އިވެންޓް އޮންނާނީ މިރޭ 8:30 ގައި ބަނދަރު ސަރަހައްދުގަ އެވެ.

އެ ދެ ރަށުގެ ހުރިހާ ރައްޔިތުންނަށް ވަނީ އެތަނަށް ދިޔުމަށް ދައުވަތު އަރުވާފައެވެ.

އިއްޔެ ނެގި ވޯޓުގައި ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 73 ޕަސެންޓް މީހުންގެ ވޯޓުން ވަނީ ނިންމާފައެވެ.

މި އިންތިހާބުގައި ފޭދޫގެ 4،368 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 2،421 މީހުންނެވެ. މީދޫން 2،341 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 1،002 މީހުންނެވެ. ހުޅުދޫން 2،867 މީހަކަށް ވޯޓުލެވޭ އިރު ވޯޓުލީ 1،070 މީހުންނެވެ.

މިއީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ބޭއްވި ފުރަތަމަ އިންތިހާބެވެ.

މި އިންތިހާބުގައި ސަރުކާރުގެ އެއްވެސް ސްޓޭންޑެއް ނެތް ކަމަށާއި އެ ރަށްރަށުގެ ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް ސަރުކާރުން އިހްތިރާމް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

441373 ed603bdd a

ހުޅުމީދޫ އާއި ހިތަދުއާ ގުޅުވާލާ ބްރިޖްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

Mal

ހުޅުދޫ އާއި މީދޫ ދެންވާނީ ދުބާއީ އާއި އަބޫދާބީއަށް: މެންބަރު ޝާހިދު

ހުޅުދޫ އަދި މީދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފި

ހުޅުމީދޫގައި އިސްލާމިކް ބޭންކު އޭޓީއެމްގެ ޚިދުމަތް ފަށައިފި

TTH_advertisement