ކުއްލި ޚަބަރު

ވިލިމާލޭގައި ބޮޑު ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ: ރައީސް

ވިލިމާލެ މަސްޖިދުއްސަލާމް ބިމުގައި 850 މީހުންގެ ޖާގައިގެ އާ މިސްކިތެއް އެޅުމަށް ފިޔަ ފައުންޑޭޝަނާ ހަވާލުކޮށްފި

އެމްޑީޕީގެ ޗެއާޕާސަން ކަމުން ފައްޔާޒް އިސްތިއުފާދެއްވައިފި

ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަންހެން ރިލޭ ޓީމް ލޯ މެޑަލް ހޯދައިފި

އިންޑިއާގައި ކުރިއަށްދާ ހަތަރުވަނަ ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންސްޝިޕް 2025 ގައި ރާއްޖޭގެ އަންހެން ޓީމުން، 400 ގުނަ ހަތަރެއް ރިލޭއިން ލޯ މެޑަލް ހޯދައިފިއެވެ.

މިއީ ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންސްޝިޕްގައި ރާއްޖެއިން ހޯދި ފުރަތަމަ މެޑަލްއެވެ. މިއަދު ކުރިއަށްދިޔަ ރިލޭ އިވެންޓްގައި ރާއްޖޭގެ ޓީމުން ވާދަކުރި އެތުލީޓުންނަކީ ހައްވާ މުޒްނާ ފާއިޒް، ޒިވާ މޫސާ ޝަފީއު، އައިޝަތު ޝަބާ އަދި އަހްނާ ނިޒާރެވެ.

ރާއްޖޭގެ ރިލޭ ޓީމުން ތިންވަނައިގައި ރޭސް ނިންމާލީ 47.79 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރަން މެޑަލް ހޯދި ސްރީ ލަންކާ ޓީމުން 44.70 ސިކުންތުން ރޭސް ނިންމި އިރު، ރިހި މެޑަލް ހޯދި އިންޑިއާއިން ރޭސް ނިންމީ 44.93 ސިކުންތުންނެވެ.

މި މަހުގެ 24-26 އަށް ރާންޗީގެ ބިރްސާ މުންޑާ އެތުލެޓިކްސް ސްޓޭޑިއަމްގައި ކުރިއަށްދާ ދެކުނު އޭޝިއާގެ އެތުލެޓިކްސް މުބާރާތުގައި ހަ ގައުމަކުން 300 އަށް ވުރެން ގިނަ އެތުލީޓުން ބައިވެރިވިއެވެ.

ރާއްޖޭން ވާދަކުރާ ސްކޮޑުގައި ހިމެނޭ ފިރިހެން ކުޅުންތެރިންނަކީ، ހަސަން ސާއިދު، އިބާދުﷲ އާދަމް، އާދަމް ރިއްފަތު، ހަސަން ނުޖޫމް، ހުސެއިން ރިޒާ (ކުޑަ ރިޒާ)، އަހުނަފް ރައްޔާން ފަހުމީ އަދި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އެވެ.

އަންހެން ސްކޮޑުގައި ހިމެނެނީ ޝަބާއާއި ޒިވާގެ އިތުރުން އައިމިނަތު ލަޔާނާ މުހައްމަދު، ޒީކް އަޝްރަފް ރަޝީދާއި އަހްނާ އަދި މުޒްނާއެވެ.

ރާއްޖޭގެ އެތުލީޓުން މިހާތަނަށް ރަނގަޅު ނަތީޖާތަކެއް ނެރެމުންދާ އިރު، ހަތަރެއް ގުނަ 100 މީޓަރު ރިލޭ ފިރިހެން އިވެންޓްގެ ފައިނަލުގައިވެސް ރާއްޖެ ވާދަކުރިއެވެ. އަދި 400 މީޓަރު ފައިނަލަށް ޒީކް ދަތުރުކުރި އިރު، 100 މީޓަރު ފައިނަލުގައި އަހުނަފާއި ޝަބާ އަދި އަހްނާ ވާދަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން އަރާކުރި ހޯދައިފި

ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމާ ރައީސް ބައްދަލުކުރައްވައިފި

ނަބާ އަދި ޒަޔާނަށް ރައީސްގެ ތަހުނިޔާ

ރާއްޖެ-ފަލަސްޠީން މެޗުގެ ސްވެނިއަރ ޕްލެޓިނަމް ޓިކެޓު ރައީސް މުޢިއްޒު ބައްލަވައިގެންފި

TTH_advertisement