ކުއްލި ޚަބަރު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ފެނޭތޯ ބަލަން ވޯޓެއް ނަގަން ރައީސް ނިންމަވައިފި

މާލޭ ވިޔަފާރި ބަނދަރުގައި ހުރި ގިނަދުވަސްވީ މުދާ ނެގުމަށް އެދިއްޖެ

ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ

ސައިބަރ ކުށްތަކާ ދެކޮޅު މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފި

އދ.ގެ ސައިބަރ ކްރައިމްއާ ދެކޮޅު މުއާހަދަގައި ދިވެހިރާއްޖެއިން މިއަދު  ސޮއިކޮށްފިއެވެ. މި މުއާހަދާގެ ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު ޑރ.އަބްދުﷲ ހަލީލެވެ.

އެ މުއާހަދާގައި ސޮއިކުރެއްވުމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ޑރ.ހަލީލު ވިދާޅުވީ މިއީ ތާރީހީ ވަގުތުކޮޅެއް ކަމަށެވެ. އަދި އެއީ ރައްކާތެރި މިހާރަށްވުރެ ކަށަވަރުކަން ބޮޑު ޑިޖިޓަލް މުސްތަގުބަލަކަށް ވާސިލުވުމަށް އެޅި މުހިއްމު ފިޔަވަަޅެއް ކަމަށެވެ.

އިތުރަށް މިނިސްޓަރު ފާހަގަކުރެއްވީ ރާއްޖެ ފަދަ ވަސީލަތްތައް މަދު ކުދި ޖަޒީރާ ގައުމުތަކުގެ ވަސީލަތްތައް މަދުވުމަކީ ސައިބަރ ނުރައްކާތަކުން ސަލާމަތްވުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމެވެ.

އެހެންނަމަވެސް މިފަދަ ގޮންޖެހުންތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ކުރިއެރުމުގެ އުންމީދުތައް ހިފަހެއްޓުމަށް އިންކާރުކުރާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެ ހިމެނޭހެން ކުދި ގައުމުތަކުން މަސައްކަތްކުރާނީ ސައިބަރ ކުށްތައް މަދުކުރުމަށާއި، ގާނޫނުގައި ސައިބަރ ކުށްތައް ބަޔާންކުރުމާއި، ސައިބަރ ކްރައިމްއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން އެކުއެކީ މަސައްކަތް ކުރަން ކަމަށެވެ.

އދގެ އާއްމު މަޖިލީހުން މި މުއާހަދާ ބަލައިގަތުމަށް ނިންމީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުއެވެ. މިއީ ސައިބަ ކްރައިމްއާ ގުޅޭ ގޮތުން މިފަދަ ބައިނަލްއަގުވާމީ މުއާހަދާއެއް އެކުލަވައިލެވޭ ފުރަތަމަ ފަހަރެވެ. އަދި މި މުއާހަދާއިން ސައިބަރ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރަން ބޭނުންކުރެވޭނެ ވަސީލަތްތައް ލިބޭނެއެވެ.

މި މުއާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އޮކްޓޯބަރު 25، 2025 ވަނަ ދުވަހު ވިއެޓްނާމުގެ ހަނޯއީގައެވެ. އަދި އެއަށްފަހު އަންނަ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހާ ހަމައަށް ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އެ މުއާހަދާގައި ސޮއިކުރުން ކުރިއަށްގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

UN security council

އދ. ގެ ސެކިއުރިޓީ ކައުންސިލް ކުއްލި ބައްދަލުވުމެއް މިއަދަށް ތައާވަލްކޮށްފި

އދ ސަލާމަތީ މަޖިލީހުން ޓްރަމްޕްގެ ޣައްޒާ ސުލްހަ ޕްލޭން ފާސްކޮށްފި

ރާއްޖެއިން ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސްގެ މެންބަރުކަން ހޯދައިފި

dr khaleel

ޑރ.ޙަލީލް ރަސްމީ ދަތުރުފުޅެއްގައި މިޞްރަށް

TTH_advertisement