ކުއްލި ޚަބަރު

ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މި މަހުގެ 23 ގައި ރާއްޖެ އަންނާނެ: ރައީސް

އަންނަ މާޗް މަހުގެ ނިޔަލަށް އިތުރު 70 ޑޮލަރު އޭޓިމް ބެހެއްޓޭނެ: ރައީސް

ގާނޫނީގޮތުން ވަކި މީހަކު ތަފާތުކުރުމަކީ އަޅުގަނޑަށް އޮތް ޗޮއިސްއެއް ނޫން: ރައީސް

އޭޝިއާ އަންހެން ބީޗް ވޮލީބޯޅަ މުބާރާތެއްގެ ކުއާޓާ ފައިނަލްގެ ޖާގަ ދީމާ އާއި އަޒްކާ ޔަގީންކޮށްފި

ބަހްރެއިންގެ މަނަމާގައި މިހާރު ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގެ އަންހެން ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ ތާރީހަށް އައު ފަޞްލެއް ގެނެސް، އައިޝަތު ދީމާ ނަދީމް އާއި އަޒްކާ ބިންތު މުޙައްމަދު ސިދުގީގެ ޕެއަރއިން ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންކޮށްފިއެވެ. މިއީ އޭޝިއާ ފެންވަރުގެ މުބާރާތެއްގައި ރާއްޖޭގެ ބީޗް ވޮލީ ބޯޅައިން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ މި ޕެއާއިން ކުއާޓާ ޔަގީންކުރީ އަންހެން ބީޗް ވޮލީ އިވެންޓްގެ ގްރޫޕް ބީގެ ތިންވަނަ ހޯދައިގެންނެވެ. މީގެ ކުރިން ބީޗް ވޮލީގެ އެއްވެސް ޓީމަކުން އޭޝިއާ މުބާރާތެއްގެ ކުއާޓާ ފައިނަލްގައި ވާދަކޮށްފައެއް ނުވެއެވެ.

ގްރޫޕް ބީގައި ދީމާ އާއި އަޒްކާ ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އެ ޕެއާއިން ޖުމްލަ ހަތް ޕޮއިންޓް ހޯދި އިރު، ގްރޫޕްގެ ހަތަރުވަނަ އަށް ދިޔަ މޮންގޯލިއާ އާއި ފަސްވަނައަށް ދިޔަ ޖޯޑަންއަށްވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ނަމަވެސް ރާއްޖެ އެ ދެޓީމަށްވުރެ ކުރިއަށް ޖެހިލީ މެޗުތަކުގައި ހޯދި ސެޓުތަކާއި ކާމިޔާބުކުރި ޕޮއިންޓަށް ބަލައިގެންނެވެ.

ދީމާއާއި އަޒްކާގެ ޕެއާއިން ރޭ ގްރޫޕްގެ ފަހު މެޗުގައި ގްރޫޕްގެ އެއްވަނަ ހޯދި ތައިލޭންޑް ކައިރީގައިވެސް ވަނީ މޮޅު ކުޅުމެއްދައްކައި، ގިނަ ޕޮއިންޓްތަކެއް ސްކޯކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު ތައިލޭންޑުން ކާމިޔާބުކުރީ 7-21 އިންނެވެ. އެހެންނަމަވެސް ދެވަނަ ސެޓުގައި ދިވެހި ޓީމުން 11 ޕޮއިންޓް ހޯދުމަކީ ގްރޫޕްގައި ކުރިއަށް ޖެހިލުމަށް ލިބުނު ވަރަށް މުހިންމު ބާރެކެވެ. ދެވަނަ ސެޓު ދިޔައީ 11-21 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖެ-ފަލަސްޠީން މެޗުގެ ސްވެނިއަރ ޕްލެޓިނަމް ޓިކެޓު ރައީސް މުޢިއްޒު ބައްލަވައިގެންފި

ނައިބު ރައީސް ރާވެރިޔާ ވޮލީބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފި

ތަޖުރިބާ ހޯދުމަށް ރާއްޖޭގެ ޒުވާން ކްރިކެޓް ޓީމު ލަންކާއަށް

ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ނިންމާލައިފި

TTH_advertisement