ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

އޭޝިއަން ޔޫތް ގޭމްސްގައި ބައިވެރިވާ ޓޭބަލް ޓެނިސް ޓީމު ބަޙްރެއިނަށް

މިމަހުގެ 22-31 އަށް ބަހްރެއިންގެ މަނާމާގައި ކުރިޔަށް 3 ވަނަ އޭޝިއަން ޔޫތު ގޭމްސްގައި ބައިވެރިވާ ޓޭބަލް ޓެނިސް ޓީމު ބަޙްރެއިންނަށް ހިނގައްޖެއެވެ.

ރާއްޖޭގެ ޓީޓީ ޓީމު ބަޙްރެއިންއަށް ދިޔައީ މި މުބާރާތުން ސަރަހައްދުގެ ގަދަ ބާރުތަކާއި ރަނގަޅު ވާދައެއްކޮށް ރަނގަޅު ނަތީޖާތަކެއް ނެރުމުގެ އަޒުމުގައެވެ. އޭޝިއާގެ މި އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިންނާ ވާދަކޮށް އެ ކުޅުންތެރިންގެ ޓެކްޓިކްސް އާއި ކުޅުމުގެ ވައްޓަފާޅިއާއި އެހެނިހެން އުކުޅުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތުލިބޭނެއެވެ.

ބަޙްރެއިން ދިޔަ ޓީމަށް ފަރިތަކުރުންތަކުގައި އިރުޝާދުދިނީ އީރާންގެ ކޯޗު މަހުދީ ހޮޝްމަރަމްއެވެ. އީރާނުގެ ތަޖްރިބާކާރު ކޯޗު ބުނީ ރާއްޖޭގެ އެތުލީޓުން ތައްޔާރުކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު އީރާނުގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ގެނެސްގެން ފަރިތަކޮށްފައިވާކަމަށެވެ.

‎އޭޝިއަން ޔޫތު ގޭމްސްއަށް ދިޔަ ކުޅުންތެރިންގެ ކޮންޑިޝަން ރަނގަޅު ކަމަށާއި މުބާރާތްތައް ތައްޔާރު ކަމަށް ކޯޗު ބުނެފައިވެއެވެ. ރާއްޖޭގެ ކުޅުންތެރިން ބުނީ ޔޫތް ގޭމްސްގައި ކުޅޭ މެޗުތަކަކީ އުނދަގޫ މެޗުތަކަށްވާނެކަމަށާއި، އެހެންނަމަވެސް އުންމީދަކީ އެންމެ ރަނގަޅު ކުޅުން ދައްކާ ގިނަ ކަންތައްތަކެއް ދަސްކުރުން ކަމަށެވެ.

ޔޫތު ގޭމްސްގައި ވާދަކުރާ ކުޅުންތެރިންނަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އާއި އެސޯސިއޭޝަނުން ވަނީ ބަހްރެއިންގެ އިންތިޒާމުތައް ހަމަޖައްސަައިދީ ކުޅުންތެރިން ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދީފައެވެ.

އޭޝިއަން ޔޫތް ގޭމްސްގައި ރާއްޖެއިން ޖުމްލަ 56 އެތުލީޓުން ބައިވެރިވާނެއެވެ. ރާއްޖޭން ބައިވެރިވަނީ 7 ކުޅިވަރެއްގައެވެ. އެއީ އެތުލެޓިކްސް، ތްރީ އޮން ތްރީ ބާސްކެޓްބޯޅަ، ހޭންޑްބޯޅަ، ބީޗް ވޮލީ، ބެޑްމިންޓަން، ސްވިމިން އަދި ޓޭބަލް ޓެނިހެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖޭގެ ދިދަ އުފުލައިދޭނީ ދީމާ އާއި ލަހުފާން

ފީފާގެ ރައީސް އިންފަންޓީނޯ ހުކުރު ދުވަހު ރާއްޖެއަށް

ޗެސް ޓީމަށް ކޯޗަކު ހޯދަން އިއުލާނުކޮށްފި

މާލޭ އުސްފަސްގަނޑުގައި އަޅާ ސްކޭޓް އެރީނާގެ ބިންގާއަޅައިފި

TTH_advertisement