ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

Mal

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ފަރުސަތު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އޭނަ އަކީ މީޑިއާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑައެޅި ތިން މެންބަރުންގެ ތެރެއިން އެކެކެވެ.

ފަރުސަތު އެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނުމަށް އެދި ކޮމިޓީން ފާސްކުރީ އެ ކޮމިޝަނަށް މިހާރު އައްޔަން ކޮށްފައިވާ މެންބަރުންނާ ކޮމިޓީން އިންޓަވިއު ކުރުމަށް ފަހުއެވެ.

ފަރުޝަތަކީ މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ހިމެނެނީ ހަތް މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުގެ ގޮތުގައި އިންތިހާބީ ހަތަރު މެންބަރުންނެވެ.

ކޮމިޝަނަށް މަޖިލީހުން ކަނޑައެޅި ތިން މެންބަރުންނަކީ ފަރުސަތާއި ސަފާ ޝަފީގުގެ އިތުރުން އައިމިނަތު ސަރާހަތު އިއްޒަތެވެ.
ކޮމިޝަނުގައި ހިމެނޭ އިންތިހާބީ މެންބަރުންނަކީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމްގެ އިތުރުން
ހުސައިން ސަގީފެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

media

ޝަރުތުހަމަވާ 41 މީޑިއާގެ ތެރެއިން 39 މީޑިއާއަކަށް ފައިސާ ދޫކުރަން ފޮނުވައިފި

media

ލުއިތަކަކާއެކު މީޑިޔާތަކަަށް ދައުލަތުން ފައިސާ ދޫކުރުމުގެ އައު އުސޫލު އާއްމުކޮށްފި

900

މީޑިއާ ކޮމިޝަނުގެ ނައިބު ރައީސް ކަމަށް ޒަމްއަތު ހޮވައިފި

media

މީޑިއާ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލުގެ މަޤާމަށް ހުޅުވާލައިފި

TTH_advertisement